އުމުރުން އުމުރުން 87 އަހަރުވިޔަސް، ލަނޑު ޖަހަންޏާ ސުނިލް ޗެތުރީ ގައުމީ ޓީމަށް ނަގާނެ ކަމަށް އިންޑިއާގެ ކޯޗު މަނޯލޯ މާކޭޒް ބުނެފި އެވެ.
19 މާޗް 2025
އުމުރުން އުމުރުން 87 އަހަރުވިޔަސް، ލަނޑު ޖަހަންޏާ ސުނިލް ޗެތުރީ ގައުމީ ޓީމަށް ނަގާނެ ކަމަށް އިންޑިއާގެ ކޯޗު މަނޯލޯ މާކޭޒް ބުނެފި އެވެ.
އިންޓަނޭޝަނަލް ފްރެންޑްލީ ކުރިމަތިލުމުގައި މިއަދު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން ޗެތުރީ އަލުން ގައުމީ ޓީމަށް ކުޅެން ފަށާނެ އެވެ.
އުމުރުން 40 އަހަރުގެ ފޯވާޑް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މިދިޔަ އަހަރު އިއުލާންކޮށްފަ އެވެ.
އެ ނިންމުން ބަދަލުކޮށް އަލުން ގައުމީ ޓީމަށް އަންނަން ޗެތުރީ ނިންމީ މާކޭޒްގެ އިތުރުން އިންޑިއާގެ އެހެން ކުޅުންތެރިންގެ ވެސް އެދުމުގެ މަތިންނެވެ.
ގައުމީ ޓީމާ ދުރުގައި ހުރި ފޯވާޑް ނުގެނެސް އިންޑިއާ އަށް ލަނޑު ޖެހުމުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތެއް މާކޭޒަކަށް ނުހޯދުނެވެ. ޗެތުރީ ގައުމީ ޓީމަށް ގެނަންނަން މާކްއޭޒް ނިންމުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ.
ސުނިލް ޗެތުރީ: ގައުމީ ޓީމަށް މިދިޔަ އަހަރު ކުޅުން ހުއްޓާލި ފޯވާޑް، މިއަދު އަލުން ޓީމަށް ކުޅެން ފަށާނެ
އެކަމަކު މާކޭޒް ބުނީ އިންޑިއާގެ ސުޕަ ލީގުގައި އަދިވެސް އެންމެ ގިނައިން ލަނޑު ޖަހާ ކުޅުންތެރިޔަކީ ޗެތުރީ ކަމަށެވެ. އުމުރަކީ ހަމައެކަނި ނަންބަރެއްކަން ޗެތުރީ ދައްކަމުންދާ ކުޅުމުން ހާމަވާ ކަމަށް ގޯއާ އެފްސީގެ ކޯޗުގެ މަގާމު ވެސް އަދާކުރަމުން އަންނަ މާކޭޒް ބުންޏެވެ.
"އުމުރުން 20، 40، ކީއްކުރަން 87 އަހަރު ވިޔަސް މައްސަލައެއް ނެތް. އުމުރު ބަލާކަށް މުހިންމެއް ނޫން. އައިއެސްއެލްގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔަކީ ސުނިލް ނަމަ އޭނާ ހުންނާނީ ގައުމީ ޓީމުގައި،" މާކޭޒް ބުންޏެވެ.
ބެންގަލޯރު އެފްސީގެ ފޯވާޑް ޗެތުރީ ވަނީ މި ސީޒަނުގެ ސުޕަ ލީގުގައި މިހާތަނަށް ނުވަ ލަނޑު ޖަހައިފަ އެވެ.
އިންޑިއާގެ ކުޅުންތެރިންގެ ތެރެއިން ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީ އޭނާގެ ނަމެވެ.
"ކަންބޮޑުވުމަކީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްނުކުރެވުން"
އިންޑިއާގެ މެޗު ދިވެހިންނަށް ވަރަށް މުހިންމު: ސުޒޭން
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
އުނދަގޫ ވަގުތު ސުޒޭން ކުރި ހިދުމަތަށް ޝުކުރު
މާފަށް އެދެމުން ސުޒޭން ގައުމީ ޓީމާ ދުރަށް
ސިންގަޕޫރު ކޯޗު ފާހަގަކުރީ ރާއްޖޭން ކުޅުނު ގޭމް
އައިހަމް އާއި އީނާޒް މުޅިން އަލަށް ގައުމީ ޓީމަށް
ދެން އޮތް ދެ މެޗަށް ގައުމީ ޓީމު ސުޒޭނާ ހަވާލުކުރަނީ
ކޮލިފައިން މެޗުގެ ކުރިން ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް
އިތުރު ފަރުވާ އަށް ކައްޕި ބޭރަށް ގެންދެވޭތޯ މަސައްކަތްކުރަނީ