23 މާޗް 2017
ފެނޮމް ޕެން، ކެމްބޯޑިއާ (މާޗް 23) – ކެމްބޯޑިއާ އަތުން 3-2 އިން މޮޅުވެ ރަށުން ބޭރުގައި ކުޅުނު އެކުވެރިކަމުގެ މެޗަކުން އިންޑިއާ 12 އަހަރަށް ފަހު ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.
ފެނޮމް ޕެން، ކެމްބޯޑިއާ (މާޗް 23) – ކެމްބޯޑިއާ އަތުން 3-2 އިން މޮޅުވެ ރަށުން ބޭރުގައި ކުޅުނު އެކުވެރިކަމުގެ މެޗަކުން އިންޑިއާ 12 އަހަރަށް ފަހު ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.
އިންޑިއާ އެންމެ ފަހުން ރަށުން ބޭރުގައި އެކުވެރިކަމުގެ މެޗަކުން މޮޅުވެފައިވަނީ 2005 ވަނަ އަހަރު ޕާކިސްތާން އަތުންނެވެ. އޭގެ ފަހުން އިންޑިއާ ގާތްގަނޑަކަށް ހުރިހާ މެޗެއް ކުޅެފައިވަނީ އިންޑިއާ އަށް ވުރެ ރޭންކިންގައި މަތީގައި އޮތް ޓީމުތަކާ އެވެ. ދުނިޔޭގެ ރޭންކިންގެ 132 ވަނައިގައި އިންޑިއާ އޮތްއިރު ކެމްބޯޑިއާ އޮތީ 173 ވަނައިގަ އެވެ.
އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމަށް އިންޑިއާ އިން ކެމްބޯޑިއާއާ ދެކޮޅަށް ކުޅެ މޮޅުވި ނަމަވެސް މި މޮޅު އިންޑިއާގެ މީޑިއާ ސިފަކޮށްފައިވަނީ އުނދަގޫ މޮޅެއްގެ ގޮތުގަ އެވެ. އިންޑިއާ އިން ލަސްކޮށް ފެށުމާ އެކު ކެމްބޯޑިއާގެ ފަރާތުން މި މެޗުގައި ޕްރެޝަރާ ކުރިމަތިވި އެވެ.
އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ 36 ވަނަ މިނެޓުގައި ލީޑު ނެގިތާ މިނެޓެއް ނުވަނީސް ކެމްބޯޑިއާގެ ލަބޮރަވީ ވަނީ ނަތީޖާ ހަމަހަަމަކޮށްފަ އެވެ. ދެ ވަނަ ހާފު ފަށައިގެން 50 ވަނަ މިނެޓުގައި ޖޭޖޭ ލަލްޕެކޫލާ އިންޑިއާއަށް ލީޑު ނަގައިދިން އިރު ލީޑު ފުޅާކޮށްދިނީ އޭގެ ހަތަރު މިނެޓު ފަހުން ސަންޑޭޝް ޖިންގަން އެވެ. ކެމްބޯޑިއާގެ ވަތަނަކާ 62 ވަނަ މިނެޓުގައި ތަފާތުކުޑަކޮށް އިންޑިއާ ހާސްކޮށްލި އެވެ.
މެޗުގެ ފަހުކޮޅު ކެމްބޯޑިއާ އިން އިންޑިއާ އަށް ނުރައްކާކުރި އިރު އިންޑިއާ އިން ވަނީ ޑިފެންސްކުރުމަށް ފަހު ކައުންޓާ އެޓޭކުގައި ކެމްބޯޑިއާގެ ގޯލަށް ހަމަލާތައް ފޮނުވާލައިފަ އެވެ. އެގޮތުން މެޗުގެ ފަހުކޮޅު އިންޑިއާގެ ޖޭޖޭ ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އިންޑިއާ ހިމެނެނީ ކިރްގިސްތާނާއި މަކާއޫ އާއި މިޔަންމާއާ އެއް ގްރޫޕެއްގަ އެެވެ. އިންޑިއާގެ ފުރަތަމަ މެޗުގައި އަންނަ ހަފުތާގެ އަންގާރަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.
އިންޑިއާ ވަނީ 2008 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން 2011 ވަނަ އަހަރުގެ އޭޝިއަން ކަޕުގައި ކުޅެފަ އެވެ. އެ ފަހަރު އޮސްޓްރޭލިއާ އާއި ދެކުނު ކޮރެއާ އަދި ބަހުރޭނާ ވާދަކޮށް އިންޑިއާ ގްރޫޕް ސްޓޭޖުން ކެޓީ ހުރިހާ މެޗަކުން ބަލިވެގެންނެވެ.
ކްރިކެޓަށް މަރުދޭ އިންޑިއާގައި ޗެތުރީއަށް އޮތް ލޯބި
ޕްލެޔާ ޕްރޮފައިލް: ސުނިލް ޗެތުރީ - އިންޑިއާ
ޗެތުރީ އިންޑިއާ މޮޅުކޮށްދީ މެސީ ފަހަތަށް ޖައްސާލައިފި
ޗެތުރީގެ އެދުމަށް އިޖާބަދީ ސަޕޯޓަރުން ދަނޑު ފުރާލައިފި
އަދިވެސް ރާއްޖެއާ ކުޅެން ޖެހިލުންވޭ: ޗެތުރީ
މިއަހަރު އެންމެ މެޗަކުން ވެސް އިންޑިއާ މޮޅެއް ނުވި
ގަދަފަދަ އިންޑިއާ ބަލިކޮށް ބަންގްލަދޭޝް ފައިނަލަށް
ޗެތުރީ ގައުމީ ޓީމަށް އަލްވަދާއު، ފަހު މެޗު ޖޫން މަހު
އޮސްޓްރޭލިއާ އަތުން ބަލިވީ އާދައިގެ ގޯސްތަކެއް ހެދިގެން
އަމިއްލަ ގައުމުގައި ނުކުޅެވުނު ދެ ޓީމަށް ޕޮއިންޓެއް