ވިހެއުމާ ގުޅިގެން ލިބޭ މެޓާނިޓީ ލީވް އަންހެން ފަނޑިޔާރުންނަށް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ނިންމައިފި އެވެ.
29 ސެޕްޓެމްބަރ 2021
ވިހެއުމާ ގުޅިގެން ލިބޭ މެޓާނިޓީ ލީވް އަންހެން ފަނޑިޔާރުންނަށް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ނިންމައިފި އެވެ.
މީގެ ކުރިން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންހެން ފަނޑިޔާރުންނަށް މެޓާނިޓީ ލީވް އަދި ފިރިހެން ފަނޑިޔާރުންނަށް ޕެޓާނިޓީ ލީވް ލިބޭ ގޮތަށް ހަމަޖައްސަން ކަމާ ބެހޭ ފަރާތްތަކުގައި އެދޭނެ ކަމަށެވެ.
ޖޭއެސްސީން މިއަދު ބުނީ، އަންހެން ފަނޑިޔާރުންނަށް މެޓާނިޓީ ލީވް ލިބޭ ގޮތް ހަދަން ގާނޫނަށް ބަދަލު ގެންނަން އެ ކޮމިޝަނުން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.
އޭޖީ އޮފީހުގެ ކޮމިނިއުނިކޭޝަން ޑައިރެކްޓަރު ހުސައިން ހަސަން "މިހާރު" އަށް ވިދާޅުވީ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅަން ބިލެއް ހުށަހަޅާ އިރު އަންހެން ފަނޑިޔާރުންނަށް މެޓާނިޓީ ލީވް ލިބޭ ގޮތަށް ބިލުގައި ހިމަނާނެ ކަމަށެވެ.
"ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެކަން ހިމެނޭނެ،" ހުސައިން ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެކެވެ. މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރޭގައި އެ ބިލު ހިމެނެ އެވެ.
އަންހެން ފަނޑިޔާރުންނަށް މެޓާނިޓީ ލީވް ނުލިބޭ މައްސަލައަކީ މީގެ ކުރިން ބޭއްވި ފަނޑިޔާރުންގެ މަހާސިންތާތަކުގައި ވެސް ފަނޑިޔާރުން ފާޅު ކުރެއްވި ކަންބޮޑުވުމެކެވެ.
މި ސަރުކާރުގައި 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންނަށް ހަ މަހުގެ މެޓާނިޓީ ލީވް އަދި ފިރިހެން މުވައްޒަފުންނަށް އެއް މަހުގެ މެޓާނިޓީ ލީވް ލިބޭ ގޮތް ހަމަޖައްސައިފަ އެވެ. އޭގެ ކުރިން މެޓާނިޓީ ލީވްގެ ގޮތުގައި ލިބެނީ ތިން މަހެވެ. އަދި ޕެޓާނިޓީ ލީވްގެ ގޮތުގައި ތިން ދުވަހެވެ.
އުއްތަމަފަނޑިޔާރަށް ދޭ ރިޓަޔާމަންޓް އިނާޔަތް ބޮޑުކުރަނީ
އުސޫލުން ބޭރުން ފިޔަވަޅު ނާޅަން ސީއެލްއޭއިން ގޮވާލައިފި
އަޒްމިރަލްދާ ހާޒިރުނުކުރަން ކޮމިޓީން ފާސްކޮށްފި
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
ފަނޑިޔާރު ވަކިކުރަން ނިންމީ ހިޔާލީ ކަންކަމަށް ބިނާކޮށް
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި މާދަމާ
ފަނޑިޔާރު ޝަހީދަށް މަޖިލީހުން ރުހުންދީފި
ފަނޑިޔާރު ޝަހީދުގެ ނަން ކޮމިޓީން ފާސްކޮށްފި