ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ހަގީގަތް އެއް ފަރާތްކޮށް، ހިޔާލީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާގެ ވަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ހަގީގަތް އެއް ފަރާތްކޮށް، ހިޔާލީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާގެ ވަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މެދުވެރި ކުރައްވައި، ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ފަނޑިޔާރު މަހާޒް ވެސް މަގާމުން ވަކިކުރަން ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ އެ މައްސަލައަކީ އުފައްދާފައި އޮތް މައްސަލައެއް ކަމަށާއި ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ހުށަހެޅި ހެކިތަކުގައި ހުރި ކަންކަން ޖޭއެސްސީން އޮޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ނިންމާފައި އޮތީ ވަކި ނަތީޖާއެއް ނެރުމަށް ކަމަށާއި އަދި ބައެއް ކަންކަމުގައި ހަގީގަތާ ހިލާފް ވާހަކަތަކެއް ޖޭއެސްސީގެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
"ސާފު ހެކިތަކުން ފެންނަން އޮތް ކަމެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ހަގީގަތް އެއްފަރާތް ކުރައްވާފައި، ކަނޑައެޅިގެން ގާނޫނު އެއް ފަރާތް ކުރައްވާފައި އިންތިހާއަށް ބޭ އިންސާފު ނިންމުމެއް ނިންމީ. އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ މި މައްސަލާގައި ފަނޑިޔާރުގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރައްވަންޖެހޭ އަސާސެއް އޮތް ކަމަކަށް. އެހެން ނަމަވެސް ކޮމިޝަނުން ކަންކަން ނިންމުމުގައި ރިއާޔަތް ކޮށްފައި ހުރީ ބުއްދީގެ ހަމައަށް ވުރެ ބޮޑަށް ހިޔާލީ ފޮލާއަކަށް،" ޝަމީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވީ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްއާ އެ ދުވަހު ވާހަކަ ދެއްކެވީ ވެސް ފިރިކަލުން ބަންދުން ދޫކޮށްލި ފަހުން އެ ދުވަހު އިރުއޮއްސުނު ފަހުން ކަމަށެވެ. އަދި އެކަން އެނގޭނެ ހެކިތައް ވެސް ހުށަހަޅާފައި ވިޔަސް، ޖޭއެސްސީން ތަހުގީގު ރިޕޯޓް އެކުލަވާލީ އެކަންކަން އޮޅުވާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ފަނޑިޔާރު މަހާޒް ގުޅުއްވުމުގެ ކުރިން ފިރިކަލުން ބަންދުން ދޫކޮށްލިކަން ފަނޑިޔާރު އަޒްމިރަލްދާއަށް އެނގިވަޑައިގަންނަވާއިރު، ފަނޑިޔާރު މަހާޒް މެދުވެރި ކުރައްވައިގެން ގާޒީއަކަށް ނުފޫޒު ފޯރުވަން ޖެހޭ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަންދުން ދޫވެފައި ހުރި މީހަކު ދެން ބަންދުން ދޫކުރަން އުޅެންވީ ކީއްވެގެންތޯ؟" ވަކީލް ޝަމީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވި ގޮތުގައި ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ނިންމީ އެ ކޮމިޝަނުން އޭނާއަށް ފުރަތަމަ ކުރި ތުހުމަތު ބަދަލު ކުރުމަށްފަހު އެވެ. އެގޮތުން ފުރަތަމަ ތުހުމަތުކުރީ ފަނޑިޔާރު އަޒްމިރަލްދާ އަމިއްލައަށް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ގުޅުއްވައިގެން ނުފޫޒު ފޯރުވި ކަމަށް ބުނެ ކަމަށާއި ނަމަވެސް މައްސަލަ ނިންމިއިރު އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް މެދުވެރި ކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ކަމަށް ޝަމީލް ވިދާޅުވި އެވެ.
"މި ތުހުމަތު ބަދަލުވެގެން އައިސް، މި ތުހުމަތާ ގުޅިގެން ޖަވާބުދާރީވާކަށް ފަނޑިޔާރަކަށް ފުރުސަތެއް ނުދެއްވާ ޖޭއެސްސީން. މި ތުހުމަތު ބަދަލުވީ ކީއްވެގެން ކަމެއް ވެސް ވިދާޅެއް ނުވޭ،" ޝަމީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވީ ތަހުގީގު ކޮމެޓީގެ މެމްބަރުން ޖޭއެސްސީގެ ނިންމުން ނިންމުމުގައި ބައިވެރިވެފައިވާ ކަމަށާއި އެއީ ވެސް އިންސާފުގެ ހަމަތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި އެ ކަންކަން ފާހަގަކުރުމުގެ ފުރުސަތަކަށް އެދިވަޑައިގަތީ ވެސް ޖޭއެސްސީން ބޭ އިންސާފުން އަމަލު ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މަޖިލީހުން އެ ފުރުސަތު ފަނޑިޔާރު އަޒްމިރަލްދާއަށް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ.
އެ މައްސަލާގައި ފަނޑިޔާރު މަހާޒްގެ ފަރާތުން ކުރިން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ގުޅުއްވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ކޯޓަށް ގެންދިޔަތޯ ބެލުމަށް ކަމަށާއި އޭރު ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލާފައިވާ ކަމަށް ފަނޑިޔާރު މަހާޒްގެ ފަރާތުން ބުނެފައިވެ އެވެ.
ފަނޑިޔާރުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި މާދަމާ
ފަނޑިޔާރު ޝަހީދަށް މަޖިލީހުން ރުހުންދީފި
ފަނޑިޔާރު ޝަހީދުގެ ނަން ކޮމިޓީން ފާސްކޮށްފި
ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް
އިސްތިއުނާފް މަޖިލީހަށް ފަނޑިޔާރު މަހާޒް އައްޔަންކޮށްފި
އަލީ ރަޝީދާއި މުހައްމަދު އިބްރާހީމަށް ރުހުން ދީފި
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި