Roadha Mihaaru
ޖެޓްސްކީ ޓުއާގެ ބައިވެރިން މާލެއަށް!

ޓޫރިޒަމް ދުވަހުގެ ހަރަކާތް: ޖެޓްސްކީ ޓުއާގެ ބައިވެރިން މާލެ އަށް!

24 ސެޕްޓެމްބަރ 2021

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެންމެ އުތުރު ތުރާކުނުން ރާއްޖޭގެ އެންމެ ދެކުނަށް ކުރާ ޖެޓްސްކީ ދަތުރުގައި ބައިވެރިވި މީހުން މިއަދު މާލެ އަތުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެންމެ އުތުރު ތުރާކުނުން ރާއްޖޭގެ އެންމެ ދެކުނަށް ކުރާ ޖެޓްސްކީ ދަތުރުގައި ބައިވެރިވި މީހުން މިއަދު މާލެ އަތުވެއްޖެ އެވެ.

މާލެ އަށް މިއަދު ހަވީރު ކުރި ބޯ ވިއްސާރައިގެ ތެރޭގައި އެ ޓީމު އައުމުން އިއްޒުއްދީނު ފާލަން ސަރަހައްދުން މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

އައްޑޫގައި މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ފެށި މި ހަރަކާތުގައި ހުރިހާ އަތޮޅަކަށް ދިއުމަށް ފަހު ޖެޓްސްކީގެ ބުރު ނިންމައިލާނީ އައްޑުއަށެވެ.

ޖެޓްސްކީގެ ބައިވެރިންނަށް މާލޭގެ މޭޔަރު ޑރ. މުއިއްޒު މަރުހަބާ ދަންނަވަނީ.

ޖެޓްސްކީގައި ހުރިހާ އަތޮޅަކަށް ދިއުމަކީ އައްޑޫގައި ޓޫރިޒަމް ދުވަސް ފާހަގަކުރަން ރޭވި އެންމެ ބޮޑު ހަރަކާތް ކަމަށް ވިޔަސް އެ ސިޓީގައި ކޮވިޑްގެ ހާލަތު ގޯސްވުމުން ވަނީ އެ ދުވަސް ފާހަގަ ނުކުރަން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެކަމަކު، މި ހަރަކާތް ރޭވި ގޮތަށް ކުރިއަށް ގެންދަން އެ މިނިސްޓްރީން ނިންމީ އެވެ.

ޖެޓްސްކީ ޓުއާގެ ބައިވެރިން މިއަދު މާލެ އަށް ގާތްކުރަނީ: މި ޓީމުން މާލެ އިން ފުރާނީ މާދަން ހެނދުނު.

ޖެޓްސްކީ ޓުއާގެ ބައިވެރިން މިއަދު މާލެ އަށް ގާތްކުރަނީ: މި ޓީމުން މާލެ އިން ފުރާނީ މާދަން ހެނދުނު.

މިދިޔަ ބުދަ ދުވަހު ފެށި މި ދަތުރު އަންނަ ހޯމަ ދުވަހަށް ނިންމައިލާއިރު، ރާއްޖޭގެ 20 ރަށަކަށް މަޑުކުރާނެ އެވެ. ބައެއް ރަށްރަށުގައި ރޭގަނޑު މަޑުކުރަން ވެސް ހަމަޖެހިފައިވެ އެވެ. މި ޓީމުން ތުރާކުނުން މާލެއަށް އައިސްފައިވާ އިރު މާދަން ހެނދުނު މާލެ އިން ފުރައިގެން އެންމެ ފުރަތަމަ ދާނީ އއ. ރަސްދުއަށެވެ.