25 ސެޕްޓެމްބަރ 2023
ކުރިއަށް އޮތް ފަސް އަހަރު ޓޫރިޒަަމަށް ހަތަރު ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ހޯދައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ފަސް އަހަރު ޓޫރިޒަަމަށް ހަތަރު ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ހޯދައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒުގެ އިގްތިސާދީ މެނިފެސްޓޯ އިއުލާން ކުރެއްވި ޖަލްސާގައި އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާ ފުޅާކުރަން 35 ރިސޯޓެއް އަލަށް ހުޅުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ އިންވެސްޓްމެންޓްތައް އިތުރު ކުރަން ޑިވެލޮޕްމަންޓް ފައިނޭންސިން އިންސްޓިޓިއުޝަނެއް ހަދައި އެ ދާއިރާގެ އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
"މި އިންވެސްޓްމެންޓް ބޭންކް ގާއިމް ކުރެވުނީމަ، އެ ބޭންކް މެދުވެރިކޮށް ރިސޯޓުތައް ހެދުމަށާއި އެހެނިހެން އިންވެސްޓްމެންޓްތަކާއި ރާއްޖޭގައި ހިންގާ ޕްރައިވެޓް ސެކްޓާގައި ހިންގާ އެ ބޭންކްގެ ބޭނުން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކޮށްގެން ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކޮށް، ހަރަދުތައް ހަމަޖައްސާނެ ކަމަށެވެ. އެގޮތުން ބަޖެޓު ޑެފިސިޓް "ސިންގަލް ޑިޖިޓް" އަށް ކުޑަ ކުރާނެ ކަމަށެވެ.
ދައުލަތުގެ ބަޖެޓު ޑެފިސިޓްގައި ޑަބަލް ޑިޖިޓްގެ ފަރަގު އެބަ ހުއްޓެވެ. މިއަހަރުގެ ބަޖެޓު ޑެފިސިޓް ހުރީ 14 ބިލިއަން ރުފިޔާގަ އެވެ.
ކުރިއަށް އޮތް ފަސް އަހަރު ނިމޭ އިރު ރިއަލް ޖީޑީޕީ 150 ބިލިއަން ރުފިޔާ އަށް ޖައްސައި ބޮލަކަށް ޖެހޭ އަދަދު 17،000 ޑޮލަރަށް އިތުރު ކުރައްވާނެ ކަަމަށް މުއިއްޒުގެ މެނިފެސްޓޯގައިވެ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، މި ކަންކަމުގެ އިތުރުން ޔޫޒަވަލް ރިޒާވް 500 މިލިއަން ޑޮލަރާ ހަމައަށް ގެންގޮސް އެސްޑީއެފްގެ ޑޮލަރުގެ އަދަދު ވެސް 500 މިލިއަން ޑޮލަރާ ހަމައަށް އިތުރު ކުރައްވާނެ އެވެ.
ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެވްރެޖުކޮށް މިހާރު އުޅެނީ 150 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރާ ދެމެދުގަ އެވެ.
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި 88 ރިސޯޓުން އަހަރަކު 26ބިލިއަން ގެއްލޭ
ހޯމް ސްޓޭގެ ފައިދާ އިން ރަށް ކުރިއެރުވޭނެ: މިނިސްޓަރު
ޓޫރިޒަމް ބަނަކޮށް، "ބޭސް އޮތީ ދިވެހިންގެ އަތުގައި"
ޓޫރިޒަމް ހީކުރި ގޮތަކަށް ނޫން، ހުރަސްތައް ގިނަ
ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި