02 ޑިސެމްބަރ 2016
ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓްކޮށް، ސިފައިންގެ ތެރޭގައި ފިތުނަ އުފައްދާ ކަމުގެ ތުހުމަތުގައި ސިފައިންގެ ވަޒީފާ އިން ވަކިކުރި މީހަކަށް ވަޒީފާ އަނބުރާ ދޭން ނުޖެހޭ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓްކޮށް، ސިފައިންގެ ތެރޭގައި ފިތުނަ އުފައްދާ ކަމުގެ ތުހުމަތުގައި ސިފައިންގެ ވަޒީފާ އިން ވަކިކުރި މީހަކަށް ވަޒީފާ އަނބުރާ ދޭން ނުޖެހޭ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ސާޖަންޓް ފަސްޓް ކްލާސް ރޭންކްގައި ހުރި އަލީ ވަހީދު ނޮވެމްބަރު، 2013 ގައި ވަޒީފާ އިން ވަކިކުރީ ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓް ކުރަން މަސައްކަތް ކޮށް، ފިތުނަ އުފައްދާ ކަމަށް ބުނެ އެވެ. އެކަމަކު ސިވިލް ކޯޓުން ނިންމާފައިވަނީ ވަހީދު ވަކިކުރީ ރަނގަޅަށް ނޫން ކަމަށާއި އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން، ހައި ކޯޓުން އިއްޔެ ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، ވަހީދަށް ވަޒީފާ އަލުން ދޭން ނުޖެހޭ ކަމަށް ހުކުމްކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ޖިނާއީ ތުހުމަތެއްގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެމީހަކު އެކަން ކުރިކަން ޖިނާއީ މިންގަނޑުން ސާބިތުވެގެން އެކަނި ނޫން ކަމަށެވެ. އެ މީހަކު އެކަމެއް ކުރިކަން މަދަނީ މިންގަނޑުން ސާބިތުވާ ނަމަ ފިޔަވަޅު އެޅިދާނެ ކަމަށާއި އެގޮތަށް ކުރިން ވެސް ހައި ކޯޓުން ނިންމާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ވަހީދު ވަޒީފާ އިން ވަކިކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރި މައްސަލާގައި ލިބުނު ހެކިތަކަށް ބަލައިގެން ކަމަށާއި އެ އަމަލަކީ ސިފައިންގެ ގާނޫނާއި ސިފައިންގެ އާންމު ގަވާއިދާ ވެސް ޚިލާފު އަމަލެއް ކަމަށް ހުކުމުގައިވެ އެވެ.
ވަހީދު އެ މައްސަލާގައި ވަޒީފާއިން ވަކިކުރީ ސަސްޕެންޑްކޮށްފައި ދުވަސްކޮޅެއް ވަންދެން ބެހެއްޓުމަށް ފަހުގަ އެވެ.
ޝަމާލަށް އަލުން ވަޒީފާދޭން ހައި ކޯޓުން ހުކުމްކޮށްފި
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަނުކުރަން ކޯޓަށް
ބިދޭސީންގެ މުސާރަ ދޭން 10 އާ ހަމައަށް ވަގުތު ދީފި
ނައުޝާދަށް ވަޒީފާދޭން 45 ދުވަސް ދައުލަތަށް ދީފި
ޕޮލިހާއި ސިފައިންގެ ވަޒީފާއާ ގުޅޭ އާ އުސޫލެއް
ޑީޕް ޓްރެކާއަކާއި ޑްރޯންއެއް ސްޓެލްކޯއިން ހަދިޔާކޮށްފި
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް