19 ޑިސެމްބަރ 2017
ސިފައިންގެ ވަޒީފާއިން ވަކިކުރި ސާޖަންޓް މޭޖަ ނައުޝާދު އަލީއަށް އަލުން ވަޒީފާ ދިނުމަށް 45 ދުވަހުގެ މުއްދަތެއް ސިވިލް ކޯޓުން ދައުލަތަށް ދީފި އެވެ.
ސިފައިންގެ ވަޒީފާއިން ވަކިކުރި ސާޖަންޓް މޭޖަ ނައުޝާދު އަލީއަށް އަލުން ވަޒީފާ ދިނުމަށް 45 ދުވަހުގެ މުއްދަތެއް ސިވިލް ކޯޓުން ދައުލަތަށް ދީފި އެވެ.
ނޮވެމްބަރު، 2013 ގައި ސިފައިންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކި ކުރިއިރު އޭގެ ތެރޭގައި ހިމެނޭ ނައުޝާދު ސިފައިންގެއިން ކަނޑާލީ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް ތައްޔާރުކުރި ލިޔުމެއްގައި ނައުޝާދު ސޮއިކޮށް، އެ ލިޔުމުގައި އެހެން ސިފައިން ސޮއިކުރި ކަން ސިއްރުކުރި ކަމަށް ބުނެ އެވެ. އޭރު ބްރިގޭޑިއާ ޝަމާލް ވެސް ވަނީ ވަކިކޮށްފަ އެވެ.
އެ މައްސަލާގައި އޮކްޓޫބަރު، 2014 ގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ނައުޝާދަށް އަލުން ވަޒީފާ ދިނުމަށެވެ. އެކަމަކު އެ ހުކުމާ އެއްގޮތަށް ނައުޝާދަށް ވަޒީފާ ދީފައި ނުވާތީ، އެ މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ވަނީ ހުކުމާ އެއްގޮތަށް އަމަލު ކުރަން 45 ދުވަހުގެ މުއްދަތެއް ދައުލަތަށް ދީފަ އެވެ.
އެ މުއްދަތު ހަމަވާއިރު ހުކުމާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ އަދި ކޯޓުން އިސްވެ އެ ހުކުމް ތަންފީޒު ކުރަން ގާނޫނީ ހުރަހެއް ނެތް ނަމަ، ކޯޓުން އިސްވެ އެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ނައުޝާދަށް އަލުން ވަޒީފާދޭން ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހެޅި އެވެ. އެކަމަކު އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގެންފަ އެވެ.
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
ހަ އަހަރު ކުރިން ވަކިކުރި މީހަކަށް އަލުން ވަޒީފާ
ބިދޭސީންގެ މުސާރަ ދޭން 10 އާ ހަމައަށް ވަގުތު ދީފި
ސިފައިންގެއިން ވަކިކުރި މީހުންގެ މައްސަލަ ކޯޓަށް
ޝަމާލަށް އަލުން ވަޒީފާދޭން ހައި ކޯޓުން ހުކުމްކޮށްފި
ފިތުނަ އުފައްދާތީ ވަކިކުރި މީހަކަށް ވަޒީފާ ނުލިބުނު
ޑީޕް ޓްރެކާއަކާއި ޑްރޯންއެއް ސްޓެލްކޯއިން ހަދިޔާކޮށްފި
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް