21 ސެޕްޓެމްބަރ 2021
ބަތަލާ ކަރީނާ ކަޕޫރަށް ހުށަހެޅުމުން ޑިމާންޑްކުރި ފީ ބޮޑުވެގެން ކަމަށް ބުނެ އޭނާ އަށް ނުދިން ފިލްމު "ސީތާ" އަށް ބަތަލާ ކަންގަނާ ރަނާވަތު ސޮއިކުރީ ކަރީނާ ކީ އަގަށް ވުރެ ތިން ގުނަ ބޮޑު އަގަކަށް ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
ބަތަލާ ކަރީނާ ކަޕޫރަށް ހުށަހެޅުމުން ޑިމާންޑްކުރި ފީ ބޮޑުވެގެން ކަމަށް ބުނެ އޭނާ އަށް ނުދިން ފިލްމު "ސީތާ" އަށް ބަތަލާ ކަންގަނާ ރަނާވަތު ސޮއިކުރީ ކަރީނާ ކީ އަގަށް ވުރެ ތިން ގުނަ ބޮޑު އަގަކަށް ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
މި ވާހަކަ މިހާރު ވަރަށް ގަދައަށް މީޑިއާތަކުގައި ދެކެވެން ފަށާފައި ވަނީ އަމިއްލަ އަށް ކްރިޓިޓަކަށް ހެދިގެން އުޅޭ އެކްޓަރު ކަމަލް އާރް ޚާން (ކޭކޭއާރް) ކުރި ޓްވީޓަކާ ގުޅިގެންނެވެ. އޭނާ ބުނެފައި ވަނީ ކަންގަނާ "ސީތާ" އަށް ސޮއިކުރީ 32 ކްރޯޑް ރުޕީސް (4.34 މިލިއަން ޑޮލަރު) އަށް ކަމަށެވެ. ހަތަރު ނެޝަނަލް އެވޯޑް ހާސޮލުކޮށްފައިވާ ބަތަލާ މިއާ އެކު ވާނީ މިހާތަނަށް އެންމެ ބޮޑު އަގަކަށް ފިލްމު ކުޅޭ ބޮލީވުޑްގެ ބަތަލާއަށެވެ.
ކަންގަނާ އަކީ މިހާރު ވެސް ހިމެނެނީ ބޮލީވުޑްގެ އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ ބަތަލާއިންގެ ލިސްޓުގަ އެވެ. އެކަމަކު މިހާތަނަށް ބަތަލާއަކަށް ލިބުނު ފީ 20 ކްރޯޑް (2.71 މިލިއަން ޑޮލަރު) އަށް ވެސް ނާރަ އެވެ.
According to my sources #KanganaRanaut has charged Rs.32Cr for film #Sita. Hence she has become the highest paid ever actress in the Bollywood. But why producers have done this blunder? you will know all details from my review which will release soon.
— KRK (@kamaalrkhan) September 18, 2021
ކަރީނާ އަށް "ސީތާ" ހުށަހެޅުމުން ފިލްމުން އޭނާ ޑިމާންޑްކުރީ 12 ކްރޯޑް ރުޕީސް (1.63 މިލިއަން ޑޮލަރު) ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު މިދިޔަ ހަފުތާގައި ކަންގަނާ ރަސްމީކޮށް ފިލްމަށް ސޮއިކުރި އިރު އޭނާ އަށް ފިލްމުން ލިބޭ ކަމަށް ބުނާ އަގަކީ ކަރީނާ ޑިމާންޑްކުރި ކަމަށް ބުނާ އަގަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު އަގެކެވެ. އެކަމަކު ކަންގަނާ "ސީތާ" އިން ލިބޭ ފީގެ ވާހަކަ އަކީ އަދި މުޅިން ކަށަވަރު ވާހަކައެއް ނޫނެވެ.
ފިލްމީ ތަރިންނަކީ އެއްވެސް އިރެއްގައި އެ މީހުން ޗާޖްކުރާ އަގާ ބެހޭ ގޮތުން މީޑިއާތަކުއި ވާހަކަ ދައްކާ ބައެއް ނޫނެވެ. އެކަމަކު ބޮލީވުޑްގެ ބަތަލާއިންނަކީ މި ފަހަކަށް އައިސް އާމްދަނީގެ ފަރަގު ދެ ޖިންސްގެ މެދުގައި ހަމަހަމަކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކުރަމުން އަންނަ ބައެކެވެ. އެ ބަހުސްގައި ކަންގަނާ، 34، އަކީ އެންމެ އަޑު ގަދަ އެކަކެވެ.
އޭނާ އަކީ މިހާރު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެކްޓިން އަށް އެންމެ މޮޅު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބަތަލާ އެވެ. އަދި މި މަހުގެ 10 ގައި ރިލިޒްކުރި "ތަލައިވީ" ގައި ކަންގަނާ ދެއްކި އެކްޓިން އަށް ފިލްމު ދާއިރާގެ ވަރަށް ގިނަ ބަޔަކާއި ވަރަށް ފޭނުން ވެސް ތައުރީފުކޮށްފައިވެ އެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި އެ ފިލްމަކީ އޭނާ އަށް ފަސް ވަނަ ނެޝަނަލް އެވޯޑް ހައްގުވާވަރުގެ ފިލްމެކެވެ.
ހުރާފީ ވާހަކައަށް ހަދަން ނިންމާފައިވާ "ސީތާ" އަކީ އަލޯކީކް ދެސާއި ބޮޑު ބަޖެޓަކުން، ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ.
ކަރީނާ އަށް ހުށަހެޅި ފިލްމު ކަންގަނާ އަށް ދީފި
އިމްރާން ބޭނުމީ ކެޓްރީނާ އާއި ދީޕިކާއާ އެކު ފިލްމެއް
ރިތިކާއި ކަރީނާ އަލުން އެކީގައި ފެނިދާނެ
ކަންގަނާގެ އަސްކަރީ ޕައިލެޓްގެ ރޯލު އަންނަ އަހަރު
އާމިރާއި ކަރީނާގެ ފިލްމު އަނެއްކާވެސް ލަސްވެއްޖެ
އަޖޭގެ "ސިންގަމް 3" އަށް ތައްޔާރުވާން ފަށައިފި
ޑެނީގެ ދަރިފުޅުގެ އަލަތު ފިލްމު ނޮވެމްބަރު 12 ގައި
ސުޖޯއިގެ ތުރިލާއަކަށް ކަރީނާ ރުހުން ދީފި
ކަންގަނާގެ އެކްޝަން ފިލްމު "ދާކަޅް" އަށް ތާރީހެއް
ހީކުރި ވަރަށް ވުރެ އަހަރެން ކާމިޔާބު: ސައިފް