09 ޑިސެމްބަރ 2021
ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަރު އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ޕައިލެޓެއްގެ ރޯލު ކުޅެފައިވާ ވަތަނީ ފިލްމު "ތޭޖާސް" އަންނަ އަހަރުގެ އޮކްޓޯބަރު 5 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަރު އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ޕައިލެޓެއްގެ ރޯލު ކުޅެފައިވާ ވަތަނީ ފިލްމު "ތޭޖާސް" އަންނަ އަހަރުގެ އޮކްޓޯބަރު 5 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މިދިޔަ މަހުގެ ތެރޭގައި އެއްކޮށް ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް މި ފިލްމަކީ 2019 ގެ ކާމިޔާބު ވަތަނީ ފިލްމު ވިކީ ކޯޝަލްގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސަރު ރޯނޫ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ސަރުވޭޝް މެވާރާ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
"ތޭޖާސް" ގައި ކަންގަނާ ފެންނާނީ ތޭޖާސް ގިލް ކިޔާ ކެރެކްޓާއަކުންނެވެ. އޭނާ ކުރިން ބުނެފައިވާ ގޮތުގައި އިންޑިއާގެ އަސްކަރިއްޔާގެ ޕައިލެޓެއްގެ ރޯލު ފިލްމެއްގައި ކުޅެން ލިބުމަކީ އަސްކަރިއްޔާ އިިން ގައުމީ ހިދުމަތަށްކުރާ އަގުހުރި މަސައްކަތް ގާތުން ވަޒަންކުރަން ވެސް ލިބޭ ފުރުސަތެކެވެ. އަދި މިފަދަ ފިލްމެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި މި ފިލްމަކީ އަސްކަރިއްޔާގެ އަންހެން ހިދުމަތްތެރިންނަށް ދެވޭ ޓްރިބިއުޓެއް ކަމަށް ވެސް ބުންޏެވެ.
މި އަހަރު ހަތަރު ވަނަ ނެޝަނަލް އެވޯޑްގެ އިތުރުން އިންޑިއާ ސަރުކާރުންދޭ މަތީ ޝަރަފު، ޕަދުމާޝްރީ އެވޯޑް ވެސް ލިބުނު ކަންގަނާގެ "ތޭޖާސް" ރިލީޒްކުރާ ތާރީހު އިއުލާންކުރި އިރު، އަންނަ އަހަރުގެ އޭނަގެ އެހެން ފިލްމެއް ވެސް ރިލީޒް ކުރާނެ އެވެ.
އެއީ ވަރުގަދަ އެކްޝަން ރޯލެއް ކުޅެފައިވާ އަދި އެޕްރީލް 8 އަށް ތާވަލުކޮށްފައިވާ "ދާކަޅް" އެވެ. އެ ފިލްމަކީ ވެސް ޝޫޓިން ނިމިފައި އޮތް އެއްޗެކެވެ.
މި އަހަރު "ތަލައިވީ" އިން ފެނިގެން ދިޔަ ބަތަލާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ސީތާ" އާއި އަމިއްލަ އަށް ހަދަން ނިންމާފައިވާ "އިމަޖެންސީ" އަދި "މަނިކަރްނިކާ ރިޓާންސް: ދަ ލެޖެންޑް އޮފް ޑިއްޑާ" ހިމެނެ އެވެ.
ކަންގަނާގެ އެކްޝަން ފިލްމު "ދާކަޅް" އަށް ތާރީހެއް
ކަންގަނާގެ "ތަލައިވީ" ނެޓްފްލިކްސް އަށް
ކަންގަނާގެ "ތަލައިވީ" ގެ ދެވަނަ ބައެއް
ކަންގަނާ "ސީތާ" އަށް ސޮއިކުރީ 32 ކްރޯޑަށް؟
ކަރީނާ އަށް ހުށަހެޅި ފިލްމު ކަންގަނާ އަށް ދީފި
ފިލްމަށް ޖަޔަލަލީތާ ބޭނުންވީ އައިޝްވާރިއާ
ކަންގަނާ ސިޔާސީ ދާއިރާއަށް ނުކުންނަށް ވެސް ތައްޔާރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ތަލައިވީ" އަށް ތައުރީފު ނޫން އެއްޗެއް ނެތް
ދާކަޅް: ބޮލީވުޑް ބަތަލާއެއްގެ އެންމެ އަގު ބޮޑު ފިލްމު