Roadha Mihaaru
ދެ މަރަށް 48 ގަޑިއިރު، މީހަކު ހައްޔަރެއް ނުކުރޭ!

ދެ މަރަށް 48 ގަޑިއިރު، އަދި މީހަކު ހައްޔަރެއް ނުކުރޭ!

05 ޖޫން 2016

މާލޭގައި މިދިޔަ ހުކުރުދުވަހު ހިންގި ދެ މަރާމާރީގައި އުމުރުން 14 އަހަރުގެ ދެ ކުދިން މަރާލިތާ 48 ގަޑިއިވިއިރު ވެސް އެ މައްސަލައިގެ ތުހުމަތަށް މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގައި މިދިޔަ ހުކުރުދުވަހު ހިންގި ދެ މަރާމާރީގައި އުމުރުން 14 އަހަރުގެ ދެ ކުދިން މަރާލިތާ 48 ގަޑިއިވިއިރު ވެސް އެ މައްސަލައިގެ ތުހުމަތަށް މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ހުކުރުދުވަހުގެ ހަވީރާއި އެ ރޭ ހިންގި ދެ މާރާމާރީގައި އެއް ކުއްޖަކު މަރުވީ ކަރަށް ފުންކޮށް ވަޅި ހެރުމުންނެވެ. އަނެއް ކުއްޖާ މަރުވީ ބުރަކަށީގެ ތިން ތަނަކަށް ވަޅި ހަރާލުމުން ފަރުވާ ދެމުން އަންނަނިކޮށެވެ.

މާލެ- ޖޫން 3، 2016- މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހެރުމުގެ ސަބަބުން މަރުވި ފާތިރު މުހައްމަދު (ކ) އަދި އަހުމަދު އިރުޝާމް: އުމުރުން 14 އަހަރުގެ މި ދެ ކުދިން މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް.

ދެ ގޭންގަކުން ހިންގި "ބަދަލުު ހިފުމުގެ" މާރާމާރީގައި މުޅި މާލެ ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިފަ އެވެ. އެ މާރާމާރީއާ ގުޅިގެން މާލެ ތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އައި ނަމަވެސް އެކަމުގެ ތުހުމަތުގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނިގޮތުގައި މާރާމާރީ ހިންގާފައި ވަނިކޮށް، މާލޭގެ އެކި ސަރަހައްދުތަކުން ހައްޔަރުކުރި 18 މީހުންނަކީ އެކަމާ ގުޅުން ހުރި ބައެއް ނޫނެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރީ ސީދާ ކޮން މައްސަލައެއްގައި ފުލުހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް އެ އެންމެން ވެސް ދޫކޮށްލީ ބަންދުގައި ބައިތިއްބަން އެކަށީގެންވާ ހެކި ނެތިގެންނެވެ.

މާރާމާރީ ހިންގި މީހުން ހައްޔަރު ނުކޮށް ލަސްވާ ސަބަބާ ގުޅޭގޮތުން ފުލުހުން ކޮމެންޓެއް ނުކުރި އެވެ. އެތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭގޮތުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. މާރާމާރީއާ ގުޅުން ހުރި މައުލޫމާތު، އެ ބައްދަލުވުމުގައި ދޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެއް ދުވަހެއްގެ ތެރޭގައި ދެ ކުއްޖަކު މަރާލި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެ މަރާ ގުޅޭގޮތުން ވާހަކަ ފެތުރިފައި ވަނީ އެކި ގޮތަކަށެވެ. އެއް ބަޔަކު ބުނާގޮތުން ފުރަތަމަ ކުއްޖާ ގަޔަށް ވަޅި ޖެހީ ހިނގި ޒުވާބެއް ހޫނުވެގެންނެވެ. ދެ ސައިކަލުން ދިޔަ ބަޔަކު އޭނާ އަށް ހަމަލާދިނީ، ރާނބާ ރެސްޓޯރަންޓް ކައިރި، މަޖީދީ މަގުގައި ހުއްޓަ އެވެ. އޭގެ ފަހުން ބަދަލު ހިފަން އަނެއް ކުއްޖާ "ކަތިލީ" ގޭ ކުރިމަތީގައި ހުއްޓަ އެވެ.

މާލޭގައި މާރާމަރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކުރަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މާލޭގައި މާރާމަރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކުރަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

ވަޅި ހެރުމާއެކު، ސަލާމަތްވާންގެން އޭނާ ގޭތެރެ އަށް ވަތް ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. އެކަމަކު ހަށިގަނޑަށް ލިބުނު ޒަހަމްތަކާ ގުޅިގެން އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލައިފަ އެވެ.

ތިން ގަޑިއިރު ތެރޭގައި ދެ މީހަކު މަރާލާފައިވާއިރު، މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ މައްސަލާގައި ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

މާލޭގައި މާރާމާރީތައް މި ފެށުނީ، ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށް ފަހު އެވެ.