24 ނޮވެމްބަރ 2022
މާލޭގައި ހިންގާ އެކި ގޭންގުތަކުގެ ގޮފިތައް މާފުށީގައި އޮޕަރޭޓުކުރާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.
މާލޭގައި ހިންގާ އެކި ގޭންގުތަކުގެ ގޮފިތައް މާފުށީގައި އޮޕަރޭޓުކުރާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.
"މިހާރު" ގެ ނޫސްވެރިން މިދިޔަ ހަފުތާ ބަންދުގައި މާފުއްޓަށް ގޮސް ތައްޔާރުކުރި ރިޕޯޓުތަކަށް ދެއްވި އިންޓަވިއުއެއްގައި މާލެ އަތޮޅުގެ ކޮމާންޑަރު އިންސްޕެކްޓަ އޮފް ޕޮލިސް ސައީދު އަބްދުލްހަކީމް ވިދާޅުވީ، މާފުށީގައި ހިންގާ ކުށުގެ އެކި ކަންކަމަށް މާލޭގެ ގޭންގުތަކުން ވާގިވެރިވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ.
"ހާއްސަކޮށް ވީކެންޑްތަކުގައި މާލޭގެ ބޮޑެތި ގޭންގުތަކުން، ނަން ކިޔާ ގުރޫޕްތަކުން [މާފުއްޓަށް] އަރައި ހަރަކާތްތެރިވާކަން ވެސް ފާހަގަކުރެވޭ. އެއްބަޔަކު އަނެއް ބަޔަކަށް މާރާމާރީ ރަށުތެރޭގައި ހިންގާފައި އެބަހުރި މިދިޔަ ދެ ހަފުތާއެއްގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.
"ޓޫރިޒަމް އައިލެންޑް" ގެ ގޮތުގައި މަޝްހޫރު އަދި ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓް ހައުސް ހިންގާ މާފުށިން "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި އެ ރަށުގައި ހިންގާ ބައެއް މާރާމާރީތައް ވެސް ހައްލު ކުރަނީ މާލެ އިން ގޭންގްތަކުގެ މީހުން އައިސްގެންނެވެ.
"ދާދި ފަހުން ވެސް އެ ފަދަ މައްސަލައެއް ހައްލުކުރީ މާލެ އިން އޭގެ ބަޔަކު މި ރަށަށް އައިސް،" މާފުށިން ވާހަކަ ދެއްކި އާންމު މީހަކު ބުންޏެވެ.
އޭނާ ބުނީ އެ މީހުން މައްސަލަ ހައްލުކުރަން ވާހަކަ ދެއްކީ ރަށު އެންމެންގެ ތެރޭގައި ވަރަށް ފާޅުގައި ކަމަށެވެ.
މާލެ އިން މާފުއްޓަށް ދާ ގޭންގްތަކުގެ މީހުން ހައްޔަރު ނުކުރަނީ ކީއްވެތޯ ސުވާލުކުރުމުން ޕޮލިސް ކޮމާންޑަރު ވިދާޅުވީ، "އެ ވަގުތަށް އަތުޖެހިއްޖިއްޔާ އެ މައްސަލަތައް ބަލާ" ކަމަށެވެ. އެކަމަކު، އާންމުކޮށް ހިންގާ ގުރޫޕް މާރާމާރީތަކުގެ މައްސަލަ ތަހުގީގުގެ މަރުހަލާގައި ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ކޮމާންޑަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރޫލިން ޕެޓްރޯލްގެ ތެރެއިން އެ ކަންކަމަށް އެޓެންޑްވެ ބަލަމުން ދަނީ،" ސައީދު ވިދާޅުވި އެވެ.
ހާއްސަކޮށް ވީކެންޑްތަކުގައި މާލޭގެ ބޮޑެތި ގޭންގުތަކުން، ނަން ކިޔާ ގުރޫޕްތަކުން [މާފުއްޓަށް] އަރައި ހަރަކާތްތެރިވާކަން ވެސް ފާހަގަކުރެވޭ. އެއްބަޔަކު އަނެއް ބަޔަކަށް މާރާމާތީ ރަށުތެރޭގައި ހިންގާފައި އެބަހުރި މިދިޔަ ދެ ހަފުތާއެއްގެ ތެރޭގައި: ޕޮލިސް ކޮމާންޑަރު
ފުލުހުން ބުނީ، މާފުށީގައި މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރުން ވެސް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަަމަށެވެ. ހާއްސަކޮށް ކުޑަކުދިން އެކަމުގެ ތެރޭގައި އުޅޭކަން ކަންބޮޑުވުމާ އެކު ކޮމާންޑަރު ފާހަގަކުރެއްވި އެވެ.
"އުމުރުން 12،13،14 އަހަރުގެ ކުދިން އެބައުޅޭ މީގެ ތެރޭގައި. ހާއްސަކޮށް މަސްތުވާތަކެތި ވިއްކުމުގެ ތެރޭގައި ގޭންގުތަކުން ބޭނުންކުރާ ބައެއް ކުދިން ވެސް އެބަތި،" ކޮމާންޑަރު ވިދާޅުވި އެވެ.
ފުލުހުން ބުނީ، މާލެ އަތޮޅުގައި އެންމެ ކުށް ކުރުން ގިނައީ ވެސް މާފުށީގައި ކަމަށެވެ. އެކަމަކު، އެ ރަށުގައި ތިބެނީ 15 ވަރަކަށް ފުލުހުން ކަމަށާއި މިއީ އެ ރަށް ބަލަހައްޓަން އެކަށީގެންވާ ވަރަށް ވުރެ މާ މަދު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ 12 ވަރަކަށް އަހަރު ކުރިން މާފުއްޓަށް ގެސްޓް ހައުސްގެ ވިޔަފާރި ތައާރަފްވެ، މިހާރު އެއީ އެ ރަށަށް އާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކަސް ވެފައިވާއިރު، އެ ރަށުގެ މީހުންގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓޫރިސްޓުންނާއި އާންމުން މަސްހުނި ވުމާއި ގަވާއިދުތައް ތަންފީޒު ނުކުރެވޭ މައްސަލަ އެވެ.
"ސައުވީސް ގަޑިއިރު ކޮންޓިނިއުސްކޮށް ރަށުތެރެ ޕެޓްރޯލް ކުރަން އެއީ ވަރަށް މަދު އަދަދެއް. މިހާރު މި ރަށުގައި ތިބި ފުލުހުންގެ އަދަދުގެ ދެ ގުނަ މި ވަގުތަށް ވެސް ބޭނުންވޭ މި އޮތް ލެވެލްގައި މާފުއްޓަކީ އެންމެ ރައްކާތެރި ތަނެއްގެ ގޮތުގައި ބަލަހައްޓަން،" ސައީދު ވިދާޅުވި އެވެ.
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
ޖޫސްޓައިމަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި
ގޭންގުތަކާ ދެކޮޅަށް ހާއްސަ ޓީމެއް އެކުލަވާލަނީ
ގޭންގުތަކުގެ ކުރިމަތީގައި މިފަހަރު ކުޑަކަޑޫ ނުޖަހާނެ!
މާރާމާރީއެއްގައި އަނިޔާވި މީހަކު ހޯދަން ފޮޓޯ ނެރެފި
އަނެއްކާވެސް ގްރޫޕަކުން މީހަކަށް ހަމަލާ ދީފި
މާރާމާރީއާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފި
ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
މާރާމާރީތަކާ ގުޅިގެން މީހުން ފާސްކުރަން ފަށައިފި
ދަރުމަވަންތަ ކުއްޖާއަށް ހަމަލަދިން ބަޔަކު ދޫކޮށްލައިފި