Roadha Mihaaru
ޖޫސްޓައިމަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

ޖޫސް ޓައިމަށް ގެއްލުން ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

05 މާޗް 2023

ހުޅުމާލޭ ޖޫސް ޓައިމަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ހުޅުމާލޭ ޖޫސް ޓައިމަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެ ހަމަނުޖެހުމުގެ ބައިވެރިންގެ ތެރެއިން ތުހުމަތުކުރެވޭ އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އުމުރުން 19 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއިން ފެންނަނީ ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުން އެ ކެފޭއާ ދިމާލަށް ހިނގައިގަނެގެން ދާ ތަން ފެނުމުން އެ ތަނުގެ ކައުންޓަރުގައި އިން ފިރިހެނަކު އެތެރެއަށް ވަންނަ ތަނެވެ. އޭރު އެ ސަރަހައްދު ބޭރުގައި މިހުން ވެސް ތިއްބެވެ.

ދެ މީހުން އެތެރެއަށް ވަނުމަށްފަހު، އެ މޭޒު މަތީގައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް ބިން މައްޗަށް އުކާލައި މަރުތޭލުން އެކި ތަންތަނުގައި ތަޅަ އެވެ. އެ ވަގުތު މީހަކު ހަޅޭލަވާ އަޑު ވެސް އިވެ އެވެ.

އެ މީހުން ކެފޭއިން ދިއުމުގެ ކުރިން، އެ ތަނުން އެކަކު އެކައުންޓަރުގެ ވަތްގަނޑުން އެއްޗެހިތަކެއް ނަގައިގެން ޖީބަށް ލަ އެވެ. އަދި ސައިކަލުގައި ދެ މީހުން ދިއުމުން އެ ސަރަހައްދާ ދިމާލަށް ބަޔަކު ދުވެފައި ދާތަން ވީޑިއޯއިން ފެނެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.