Roadha Mihaaru
މާރާމާރީއެއްގައި އަނިޔާވި މީހަކު ހޯދަން ފޮޓޯ ނެރެފި

މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކު ހޯދަން ފޮޓޯ އާންމުކޮށްފި

18 އެޕްރީލް 2021

މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކު ހޯދަން ފުލުހުން މިއަދު އެ މީހާގެ ފޮޓޯ އާންމުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކު ހޯދަން ފުލުހުން މިއަދު އެ މީހާގެ ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ މި މީހާ އަކީ މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހު، ގ. ބަށިމާވިލާގޭ ކައިރީގައި ހަދަމުންދިޔަ އިމާރާތެއްގެ ކަައިރީގައި ދެ ބިދޭސީއަކާ މާރާމާރީ ހިންގި އިރު ހިނގި ހަމަނުޖެހުމުގައި އަނިޔާވި މީހެއް ކަމަށެވެ. ނަމަވެސް މިއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ ފުލުހުން އާންމުންގެ އެހީ އަށް އެދުނީ އެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ މާރާމާރީގެ މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، 9631696 އަށް ގުޅައި، އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.