ޕްރޮފެޝަނަލް ކެރިއަރުގެ ކަންކަމުގައި 13 އަހަރު ވަންދެން ބައްޕަގެ "ކޮންޓްރޯލްގެ ދަށުގައި ހުރި" އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް މިދިޔަ މަހުގެ ތެރޭގައި މިނިވަންވުމަށް ފަހު އޭނާ އާއި ލޯބިވެރިޔާ ސޭމް އަސްގަރީ އެންގޭޖްވެއްޖެ އެވެ.
14 ސެޕްޓެމްބަރ 2021
ޕްރޮފެޝަނަލް ކެރިއަރުގެ ކަންކަމުގައި 13 އަހަރު ވަންދެން ބައްޕަގެ "ކޮންޓްރޯލްގެ ދަށުގައި ހުރި" އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް މިދިޔަ މަހުގެ ތެރޭގައި މިނިވަންވުމަށް ފަހު އޭނާ އާއި ލޯބިވެރިޔާ ސޭމް އަސްގަރީ އެންގޭޖްވެއްޖެ އެވެ.
ދެ މީހުންގެ އިންސްޓަގްރާމްގައި ހޯމަ ދުވަހު ޕޯސްޓްކޮށްފައިވާ ފޮޓޯއަކުން ވެސް އެކަން ކަށަވަރުކޮށްދީ، އެންގޭޖްމަންޓް އަނގޮޓި ވެސް ދައްކާލައިފަ އެވެ. ބްރިޓްނީ އާއި ސޭމް ލޯބީގެ ގޮތުން ގުޅުނީ 2016 ގައި ދެ މީހުން އެކީގައި މަސައްކަތްކުރި ވީޑިއޯ ލަވައެއްގެ ސެޓުން ދިމާވުމަށް ފަހު އެވެ. އިރާނުގެ ތެހެރާނަށް އުފަން 27 އަހަރުގެ ސޭމް އަކީ ޕާސަނަލް ޓްރެއިނަރެއް އަދި އެކްޓަރެކެވެ.
އެމެރިކާގެ އެންމެ ކާމިޔާބު އަންހެން މިއުޒިޝަނުންގެ ތެރޭގައި ހިމެނުނު އަދި ކެރިއަރުގައި އަހުލާގީ/ސިއްހީ އެކި ކަހަލަ މައްސަލަތަކުގެ ތެރެއަށް ވެއްޓުނު ބްރިޓްނީ، 39، އަކީ ދެ ކުދިންގެ މަޔެކެވެ. އޭނާ ކުރިން ދެ ކައިވެންޏެއް ކުރި އެވެ. ފިރިހެން ދެ ދަރިންގެ ބައްޕަ އަކީ ދެވަނަ އަށް ކައިވެނިކުރި އެމެރިކާގެ މިއުޒިޝަން ކެވިން ފެޑަލީން އެވެ. ބްރިޓްނީ އާއި ކެވިން 2004 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެވެ.
ބްރިޓްނީ އެންމެ ފުރަތަމަ ކައިވެނިކުރީ ޖޭޒަން އެލެން އެލެގްޒެންޑާއާ އެވެ. ދެހާސް ހަތަރެއްގެ އެ ކައިވެނި ހަމަ އެ އަހަރު ރޫޅުނެވެ.
ބްރިޓްނީ ކައިވެނިކުރާނެ ތަނަކާ ބެހޭގޮތުން ޚިޔާލު ހޯދަނީ
މަޝްހޫރު ޓީވީ ސްޓާރު ސައިމަން ކައިވެނިކުރަނީ
ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ބުނެފި
އަޑެލްގެ އާ ބައިވެރިޔާއާ އެކު ފޮޓޯއެއް
ކިމް އާއި ކަންޔޭގެ ވަރީގެ އަސްލަކީ ޖެފްރީ ސްޓާ!
ޓޭލާ ދެން ވަރަށް އަވަހަށް ކައިވެނި ކުރާނެ
ޖޯޝް ރީތީގެ ރާނީއަކާ އިންނަނީ
އެފްލެކް ދެއްކި ވާހަކަތައް ޖޭލޯ އަށް މައްސަލައެއް ނޫން
އަލަތު ކައިވެންޏަކީ ބަނދެވުމެއް: އެފްލެކް
ކިމްއާ ސުލްހަވާން ކަންޔޭ އެދުނީ ރެޕް ކަޑިއަކުން