07 ސެޕްޓެމްބަރ 2021
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސްކޫލު ކުދިންގެ ނާސްތާ ޕްރޮގްރާމް މެދުކަނޑާލާފައި އޮތުމަށް ފަހު، އަންނަ އަހަރުގެ ޖެނުއަރީ މަހު އަނެެއްކާވެސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސްކޫލު ކުދިންގެ ނާސްތާ ޕްރޮގްރާމް މެދުކަނޑާލާފައި އޮތުމަށް ފަހު، އަންނަ އަހަރުގެ ޖެނުއަރީ މަހު އަނެެއްކާވެސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުގެ ދަށުން ސަރުކާރުގެ ހަރަދުގައި ސްކޫލުތަކުގެ ކުދިންނަށް ނާސްތާ ދޭން ފެށީ 2019 ގަ އެވެ. ނަމަވެސް މާލެ އާއި އަތޮޅު ތެރޭގައި ވެސް ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ޖޫން، 2020 ގައި އެ ޕްރޮގްރާމް މެދުކަނޑައިލި އެވެ.
ކޮވިޑުގެ ހާލަތު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވި، ސުކޫލުތަކުގައި ކިޔަވައިދޭން ފެށި ނަމަވެސް، މި އަހަރުގެ ނިޔަލަށް ނާސްތާ ޕްރޮގްރާމް ނުފަށާނެ ކަމަށް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.
އެކަމަކު، ނާސްތާ ޕްރޮގްރާމް އަލުން ފަށާނެ ތާރީހެއް އޭރަކު ނުބުނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ، ނާސްތާ ޕްރޮގްރާމް މި އަހަރުގެ ނިޔަލަށް މެދުކަނޑާލާފައި ވަނީ ކުދިންގެ ރައްކަތެރިކަމަށް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ ޖެނުއަރީގައި [ނާސްތާ ޕްރޮގްރާމް] ފެށުމަށް މިހާރު މަސައްކަތް ކުރަމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ސްކޫލުތަކަށް ނާސްތާ ފޯރުކޮށްދެނީ ވިޔަފާރި އުސޫލުން އެކި ފަރާތްތަކާ ހަވާލުކޮށްގެންނެވެ. އެގޮތުން އޭރު 50،000 އަށް ވުރެ ގިނަ ދަރިވަރުންނަށް 203 ސްކޫލެއްގައި އައީ ނާސްތާ ދެމުންނެވެ.
އެ ޕްރޮގްރާމް މެދުކަނޑައިލުމާ ހަމައަށް 139 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވެ އެވެ.
ނާސްތާ ޕްރޮގްރާމް: ރަނގަޅު ސިއްހަތުގެ ކުދިން އުފެދޭނެ
ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ
"އަރަބިއްޔާގެ ބަޖެޓު ނުހިމެނުނީ އިދާރީ އޮޅުމަކުން"
ވިލާގެ ކުދިންނަށް ރަނގަޅުގޮތެއް ވޭތޯ ސަރުކާރުން ބަލަނީ
އެއްދަންފަޅި އަށް ކިޔަވައިދިނުމުގައި ގޮންޖެހުންތައް!
ބޭނުމީ ހިޖުރަކުރި އާއިލާތައް ރަށަށް ދިއުން: މިނިސްޓަރު
ފޮތްތަކުގެ މައްސަލަ ހަފުތާއެއް ތެރޭގައި ބަލައި ނިންމަނީ
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު
ނިންމުން ބަދަލުކޮށް، ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދީފި
ސްކޫލްތައް ހުޅުވިއިރު އަހަރެމެން ތައްޔާރުތަ؟