04 ސެޕްޓެމްބަރ 2021
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް މިދިޔަ މަހުގެ ތެރޭގައި އޭނާގެ މުވައްޒަފަކާ މާރާމާރީ ހިންގައި، އަނިޔާކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން ދައުވާކުރަން ނިންމައިފި އެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް މިދިޔަ މަހުގެ ތެރޭގައި އޭނާގެ މުވައްޒަފަކާ މާރާމާރީ ހިންގައި، އަނިޔާކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން ދައުވާކުރަން ނިންމައިފި އެވެ.
ގޭތެރޭގައި ހިނގި އަރާރުމެއްގެ ތެރޭގައި ފޯނު ޖަހައި ގަނެ، ގަޔަތް އަތްލައި ކަންކަށިމަތީގައި ޖެހި ކަމަށް ބުނެ ކެލިފޯނިއާގެ ވެންޗޫރާ ކައުންޓީ ޝެރިފްސް ޑިޕާޓްމަންޓަށް މައްސަލަ ހުށަހެޅީ ބްރިޓްނީގެ ގޭގެ މަސައްކަތު މީހެކެވެ. ނަމަވެސް އޭނާގެ އެއްވެސް ވަނަވަރެއް ހާމައެއްނުކުރެ އެވެ.
މި މައްސަލައާ ގުޅިގެން ވެންޗޫރާ ޑިސްޓްރިކްޓް އެޓާނީ އޮފީހުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ބްރިޓްނީއާ ދެކޮޅަށް ހުށަހެޅި މައްސަލަ ނުބެލީ އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކަމަށެވެ.
"އަނިޔާވި ކަމަށް ބުނާ މުވައްޒަފަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަމުގެ ހެއްކެއް ނެތުމާއި އޭނާގެ ފޯނަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ ހެއްކެއް ނެތް،" ޑިސްޓްރިކްޓް އެޓާނީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
އަނިޔާކުރި ކަމަށް ބުނެ ބްރިޓްނީގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އޭނާގެ ވަކީލު ކުރިން ވިދާޅުވެފައި ވަނީ އަނިޔާކުރި ކަމަށް ބުނެ ބްރިޓްނީއާ ދެކޮޅަށް މުވައްޒަފަކު ހުށަހެޅީ އަސްލެއް ނެތް މައްސަލައެއް ކަމަށާއި މައްސަލަ ހުށަހެޅި މުވައްޒަފަށް އެއްވެސް އަނިޔާއެއް ވެސް ލިބިފައި ނެތް ކަމަށެވެ. އަދި އެއީ މީޑިއާގެ ސަމާލުކަން ހޯދަން ހުށަހެޅި މައްސަލައެއްގެ ގޮތުގައި ވެސް ވަކީލު ސިފަކުރެއްވި އެވެ.
ބްރިޓްނީ މުވައްޒަފަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
މާރާމާރީއަކާ ހެދި ކަންޔޭ އަށް ޖަލު ހުކުމެއް އަތުވެދާނެ
އޮމިކްރޯންއާ ނަން ވައްތަރުކަމުން ޖޯކު ޖަހައިފި
ކަންޔޭ އާ ގެއެއް ގަތީ ކިމްގެ ގެއާ ވަރަށް ކައިރިން
ބްރިޓްނީ އަށް އިތުރު ދަރިޔަކު ލިބިއްޖެ
ރޮހިންގާ ބަޔަކު އެފްބީއާ ދެކޮޅަށް ބޮޑު ދައުވާއެއް
އިތުރު ދަރިޔަކު ހޯދަން ބްރިޓްނީ ވިސްނަނީ
ޖަލުގައި 22 އަހަރު، މިހާރު ސޯޝަލް މީޑިއާ ތަރިއެއް
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
މިނިވަންވުމަށް ފަހު ބްރިޓްނީ އެންގޭޖްވެއްޖެ