Roadha Mihaaru
އިތުރު ދަރިޔަކު ހޯދަން ބްރިޓްނީ ވިސްނަނީ

އިތުރު ދަރިޔަކު ހޯދުމާ މެދު ބްރިޓްނީ ވިސްނަނީ

18 ނޮވެމްބަރ 2021

އިތުރު ދަރިޔަކު ހޯދުމާ މެދު މިހާރު ވިސްނަމުން އަންނަ ކަމަށާއި ދެން ބޭނުމީ އަންހެން ދަރިއެއް ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިތުރު ދަރިޔަކު ހޯދުމާ މެދު މިހާރު ވިސްނަމުން އަންނަ ކަމަށާއި ދެން ބޭނުމީ އަންހެން ދަރިއެއް ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް ބުނެފި އެވެ.

ބައްޕަ ޖެމީ ސްޕިއާސްގެ "ކޮންޒަވޭޓަޝިޕް" އިން 13 އަހަރު ފަހުން މި ހަފުތާގައި "މިނިވަންވުމާ" ގުޅިގެން ބްރިޓްނީ އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އޭނާގެ އަމިއްލަ ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން މީގެ ދެ މަހެއްހާ ދުވަސްކުރިން ލޯބިވެރިޔާ ސާމް އަސްގަރީ، 27، އާ އެންގޭޖްވި ބްރިޓްނީ، 39، އިތުރު ދަރިޔަކު ހޯދުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވަނީ ކައިވެންޏަށް ވެސް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެންގޭޖްވި ފަހުން އޭނާ ވަނީ ކައިވެނިީގެ ހަފުލާ ބާއްވާނެ ތަނަކާ ބެހޭ ގޮތުން ވެސް ސޯޝަލް މީޑިއާގައި ފޭނުންގެ ހިޔާލަކީ ކޮބައިތޯ އަހައިފަ އެވެ.

ތުއްތު ކުއްޖެއްގެ ފައި ފެންނަ ފޮޓޯއަކާ އެކު، އިންސްޓަގްރާމްގައި ތިން ވަނަ ދަރިޔަކު ހޯދުމާ ބެހޭ ވާހަކަތަކެއް ބްރިޓްނީ ދެއްކި އިރު، އޭނާ އަށް ކުރިން ދެ ފިރިހެން ދަރިން ލިބިފައިވެ އެވެ. އެއީ ދެވަނަ ކައިވެނި ކެވިން ފެޑަލިން އަށް ލިބުނު ޝޯން ޕްޒެރްޓަން ފެޑަލީން، 16 އާއި ޖޭމްސް ޖޭޑެން ފެޑަލީން، 15، އެވެ. ބްރިޓްނީ އާއޮި ކެވިން 2004 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެބެ.

ތިން ވަނަ ކައިވެންޏަކަށް ތައްޔާރުވަމުން އަންނަ އިރު ބްރިޓްނީގެ އަލަތު ކައިވެންޏަކީ ކުރިތާ މާ ގިނަ ދުވަހެއް ނުވެ ހަމަ އެ އަހަރު ރޫޅުނު 2004 ގެ ކައިވެންޏެވެ. އަލަތު ކައިވެނިކުރީ ޖޭޒަން އެލެން އެލެޒްގެންޑާއާ އެވެ.