Roadha Mihaaru
މޯލްޑިވިއަން އިން ޑާކާއަށް ހާއްސަ ދަތުރުތަކެއް

މޯލްޑިވިއަން އިން ޑާކާ އަށް ހާއްސަ ދަތުރުތަކެއް

02 ސެޕްޓެމްބަރ 2021

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިިފި އެވެ.

އެ އެއާލައިނުން މިއަދު ބުނީ، މި މަހުގެ ފަހުކޮޅުން ފެށިގެން ކޮންމެ ބުދަ ދުވަހެއްގައި އެ ގައުމަށް ދަތުރު ކުރާނެ ކަމަށެވެ. އެއީ މި މަހުގެ 15، 22 އަދި 29 ވަނަ ދުވަހެވެ.

މޯލްޑިވިއަން އިން ބުނިގޮތުގައި، މި ދަތުރުތައް ބާއްވަނީ ރާއްޖެ އިން ބަންގްލަދޭޝް އަށް އަދި އެ ގައުމުން ރާއްޖެ އަށް އޮތް ޑިމާންޑު ބޮޑުވެފައި ވާތީ އެވެ.

މޯލްޑިވިއަން އިން މާލެ އާއި ޑާކާއާ ދެމެދު މިހާރު ވެސް ހަފުތާއަކު ދެ ދުވަހު ދަތުރު ކުރެ އެވެ. އެއީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހެއްގަ އެވެ.

މޯލްޑިވިއަން އިން ޓިކެޓު ނަގަން ބޭނުންވާ މީހުންނަށް އެ އެއާލައިނުގެ ހޮޓްލައިން 3335544 އަށް ގުޅައިގެން ނުވަތަ ވައިބާ މެދުވެރިކޮށް ވެސް ޓިކެޓް ނެގޭނެ އެވެ.