17 ސެޕްޓެމްބަރ 2022
މާލެ އިން އިންޑިއާގެ ޓްރިވެންޑްރަމަށް މިއަދު މެންދުރު ފުރި، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.
މާލެ އިން އިންޑިއާގެ ޓްރިވެންޑްރަމަށް މިއަދު މެންދުރު ފުރި، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، މޯލްޑިވިއަންގެ އެއާބަސް 321 ގެ މަރުކާގެ ބޯޓަށް ދިމާވީ ހައިޑްރޯލިކް ޕްރެޝާ އިންޑިކޭޓަރުގެ މައްސަލައެއް ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
މައްސަލަ ހައްލު ކުރެވެންދެން އެ ބޯޓުގެ ދަތުރުތައް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.
އެ މަތިންދާބޯޓުގައި 74 ފަސިންޖަރުން ދަތުރުކުރިއިރު، ލިބުނު ގެއްލުމުގެ ބަދަލު އެ އެންމެންނަށް ދޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
މިއަދު މައްސަލަ ދިމާވި އެއާބަސް 321 މަރުކާގެ ބޯޓުގެ މެއިންޓަނަންސް ހަރަދު ބޮޑު ކަމުން، ކުއްޔަށް ނެގި މުއްދަތު އިތުރު ނުކޮށް ބޯޓު އަނބުރާ ފޮނުވާލަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އެ ބޯޓު ކުއްޔަށް ނަގާފައިވާ މުއްދަތު އަންނަ އަހަރުގެ މޭ މަހަށް ހަމަވާނެ އެވެ.
މޯލްޑިވިއަން އެއާލައިނުން މި ވަގުތު އެއާބަސް މަރުކާރުގެ ދެ ބޯޓު ގެންގުޅެ އެވެ. އެ ދެ ބޯޓު އާންމުކޮށް ބޭނުން ކުރަނީ ރާއްޖެ އިން ބޭރުގެ ދަތުރުތަކަށެވެ.
ޑޮމެސްޓިކް ފަސިންޖަރުންނަށް ވެސް ލައުންޖު އެކްސެސް
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު ރާއްޖެ ގެނެސްފި
މޯލްޑިވިއަންގެ ފްލައިޓެއް އިމަޖެންސީގައި ވީއައިއޭ އަށް
މޯލްޑިވިއަން އިން ޑާކާއަށް ހާއްސަ ދަތުރުތަކެއް
މާފަރު އެއާޕޯޓުގެ ތައްޔާރީތައް ވެސް ބަލައިފި
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި
މޯލްޑިވިއަނުން މާލެ އާއި ހުޅުމާލޭގައި ޗެކިން ފަށަނީ
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި
ކޫއްޑޫ އެއާޕޯޓު މަރާމާތު ކުރާނީ އޮޕަރޭޓްކުރާ ފަރާތުން