10 އެޕްރީލް 2022
މޯލްޑިވިއަންގެ ފްލައިޓެއް ލ. ކައްދޫ އެއާޕޯޓަށް މިރޭ ޖައްސަން އުޅެނިކޮށް، އެ ފްލައިޓްގެ ލޭންޑިން ގިއަރު ތާށިވެ، އެނބުރި އައިސް ކުއްލި ހާލަތުގައި ވެނާލާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފި އެވެ.
މޯލްޑިވިއަންގެ ފްލައިޓެއް ލ. ކައްދޫ އެއާޕޯޓަށް މިރޭ ޖައްސަން އުޅެނިކޮށް، އެ ފްލައިޓްގެ ލޭންޑިން ގިއަރު ތާށިވެ، އެނބުރި އައިސް ކުއްލި ހާލަތުގައި ވެނާލާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝަމްއާން ޝާކިރު "މިހާރު" އަށް ވިދާޅުވީ ވީއައިއޭ އިން ފުރައިގެން ކައްދު އަށް ދަތުރުކުރި އެ މަތިންދާބޯޓް، ކައްދޫ އެއާޕޯޓުގައި ޖެއްސުމަށް ލޭންޑިން ގިއަރު ހުޅުވަން އުޅުނު ނަމަވެސް، އެ ނުހުޅުވުމުން މިރޭ އަށެއް ޖާހަކަންހާއިރު ކުއްލި ހާލަތުގައި ވެލާނާ ވީއައިއޭ އަށް ޖެއްސީ ކަމަށެެވެ.
"އިމަޖެންސީގައި އައިސް، އެއްވެސް އިތުރު ނުރައްކާތެރި ކަމެއް ދިމާނުވެ ޖެއްސީ،" އޭނާ ވިދާޅުވި އެވެ.
ޝަމްއާން ވިދާޅުވީ ލޭންޑިން ގިއަރު ތާށިވުން ފިޔަވައިއި، އިތުރު މައްސަލައެއް ޖެހުނުކަން އަދި ކަށަވަރުނުވާ ކަމަށެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ އިސްވެރިން ފޯނަށް ޖަވާބު ނުދެއްވާތީ އެ ބޭފުޅުންގެ ބަހެއް އަދި ނުލިބެ އެވެ.
ޑޮމެސްޓިކް ފަސިންޖަރުންނަށް ވެސް ލައުންޖު އެކްސެސް
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
މޯލްޑިވިއަންގެ އާ އޭޓީއާރްބޯޓު ބުރާސްފަތިދުވަހު ގެންނަނީ
މޯލްޑިވިއަނަށް ފައިދާވާން ފެށީމަ ދަތުރުގެ އަގުހެޔޮވާނެ
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު ރާއްޖެ ގެނެސްފި
ޗުއްޓީއަށް މޯލްޑިވިއަންގެ ވަގުތީ ފްލައިޓެއް ގެނެސްފި
ލޯނު ނަގައިގެން ވިޔަސް ބޯޓުތައް ބަދަލުކުރުން ލަސްވެއްޖެ
މައްސަލައެއް ދިމާވެ، މޯލްޑިވިއަންގެ ބޯޓު އަނބުރާ މާލެ
"ފަސިންޖަރުންނަށް ނުރައްކާވާ ނަމަ ފިޔަވަޅު އަޅާނަން"