Roadha Mihaaru
ބަންގްލަދޭޝްގެ 290 މީހަކު އެ ގައުމަށް ފޮނުވާލައިފި

ބަންގްލަދޭޝްގެ އިތުރު 290 މީހަކު އެ ގައުމަށް ފޮނުވާލައިފި

17 ޖުލައި 2020

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އިތުރު 290 މީހަކު އިއްޔެ އާއި މިއަދު އެ ގައުމަށް އަނބުރާ ފޮނުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އިތުރު 290 މީހަކު އިއްޔެ އާއި މިއަދު އެ ގައުމަށް އަނބުރާ ފޮނުވާލައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން އެ މީހުންގެ ގައުމަށް ވަނީ ފޮނުވާލައިފަ އެވެ. މިހާތަނަށް 2،000 އާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ ގައުމަށް ގެންގޮސްފަ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ ބަންގްލަދޭޝްގެ 152 މީހަކު އިއްޔެ އެ ގައުމަށް ގެންގޮސްފައިވާއިރު، މިއަދު އިތުރު 138 މީހަކު ފޮނުވާލާފައިވާ ކަމަށެވެ. މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މިއަދު ގެންދިޔައީ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މިއީ މާލެ ފިޔަވައި އެހެން އެއާޕޯޓަކުން ބަންގްލަދޭޝްގެ މީހުން ފުރުވައިލި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގައުމަށް ފޮނުވައިލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިއަހަރު ނިމޭއިރު، 20،000 ބިދޭސީން ފޮނުވައިލެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.