01 ސެޕްޓެމްބަރ 2021
ރިޔާސީ ވައުދާ އެއްގޮތަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުން ލަސްވެފައިވާ ކަމަށާއި އެހެން ނަމަވެސް ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެެ.
ރިޔާސީ ވައުދާ އެއްގޮތަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުން ލަސްވެފައިވާ ކަމަށާއި އެހެން ނަމަވެސް ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޖޭއެސްސީ އަށް ބަދަލު ގެންނަ އިރު، އެ ބަދަލަކީ އެންމެނަށް އިތުބާރުކުރެވޭ ބަދަލެއްކަން ވެސް ކަށަވަރުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުޅި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޖޭއެސްސީ އަށް ގެންނާނެ ބަދަލާ ބެހޭ ގޮތުން ބައެއް ގާނޫނީ މާހިރުންގެ ލަފާ ހޯއްދަވައިފަ އެވެ. އެކަން ރައީސް ނިންމަވާނީ އެބޭފުޅުންގެ ހިޔާލާއި މަޝްވަރާއާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތް ހަމަ މި ދައުރުގެ ތެރޭގައި ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން ބޭނުންވަނީ،" މަބްރޫކް ވިދާޅުވި އެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ ބޮޑު ކަމަކަށް ވާނެ ކަމަށާއި އެއީ ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކުރަން ކުރެވޭ އެންމެ މުހިއްމު އެއް ކަަންތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އޮތް ގޮތުން އެ ކޮމިޝަނުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ތިއްބަވަ އެވެ. އެގޮތުން ރައީސް އައްޔަންކުރައްވާ މެމްބަރަކާއި އެޓާނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ އިތުރު މެމްބަރަކު ވެސް އެ ކޮމިޝަނުގައި ތިއްބަވަ އެވެ.
ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ވައުދަކީ ސިޔާސީ ނުފޫޒު ނޯންނަ ގޮތަށް ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަނީ ވެސް އެމްޑީޕީއަށެވެ. އެގޮތުން އެ ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ ސަރުކާރަށް ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. ސަރުކާރަށް އެެކަމުގައި ބާރު އޮތް އިރު، ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލުނުކުރާތީ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވަނީ ފާޑުކިޔައިފަ އެވެ.
ޖޭއެސްސީއަކީ ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރަން ހުށަހެޅުން އަދި ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ކޮމިޝަނެވެ.
ތަހުގީގުގެ މައުލޫމާތު ފުލުހުން މަޖިލީހަށް ދޭ: މަބްރޫކް
ފެނަކައިގެ 13 ކަމެއް އިސްލާހުކުރަން ވަނީ އަންގާފައި
މަލީހު ވަކިކުރިޔަސް އިންޓަނެޓުގެ ސްޕީޑް އަވަހެއް ނުވި
ރިޔާސީ ބަޔާން: ގައުމު ކުރިއަށް ގެންދާނެ ގޮތުގެ ތަރުތީބަށް
ޖުޑީޝަރީ އިސްލާހުކުރަން އޭޖީއާ މަޝްވަރާކުރަނީ
ޖޭއެސްސީ ބަދަލުކޮށް، މެމްބަރުން ލިމިޓްކުރަން އިސްލާހެއް
ރޯދަމަހުގެ ރަސްމީގަޑިއަކީ ހެނދުނު 9-1 އަށް
އާ ސަރުކާރުގެ ވަޒީރުން ހުވާކުރައްވައިފި
ޖޭއެސްސީއަށް ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!