30 އޯގަސްޓް 2021
ގްރޭޑު އެކެއްގެ ކްރިއޭޓިވް އާޓް ފޮތް ދޭން ހަމަޖައްސާފައިވަނީ ކޮންމެ ފަސް ކުއްޖަކަށް ފޮތެއް ކަމަށާއި މިހާތަނަށް އެއްވެސް ކުއްޖަކަށް އެ ފޮތް ދީފައިވާ ނަމަ އެ ނަގަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
ގްރޭޑު އެކެއްގެ ކްރިއޭޓިވް އާޓް ފޮތް ދޭން ހަމަޖައްސާފައިވަނީ ކޮންމެ ފަސް ކުއްޖަކަށް ފޮތެއް ކަމަށާއި މިހާތަނަށް އެއްވެސް ކުއްޖަކަށް އެ ފޮތް ދީފައިވާ ނަމަ އެ ނަގަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ މި އަހަރުގެ ދިރާސީ އަހަރު ގްރޭޑު އެކަކަށް ކްރިއޭޓިވް އާޓް ކިޔަވައިދިނުމަށް ދަރިވަރުންގެ ހާއްސަ ފޮތެއް ކަނޑައަޅާފައިނުވާ ކަމަށެވެ. އެކަމަކު، ކްލާސް ޓީޗަރުން އެ މާއްދާ ކިޔަވައިދޭއިރު އެހީއެއްގެ ގޮތުގައި ބޭނުންކުރަން އޭ ތިނެއް ސައިޒުގެ ފޮތް ހިމަނާފައިވާ ކަމަށް ބުންޏެވެ.
އެ ފޮތްތައް ސްކޫލުތަކަށް ބަހަން ހަމަޖައްސާފައިވަނީ ގްރޭޑު އެކެއްގެ ކޮންމެ ކްލާހެއްގެ ޖުމްލަ ކުދިންގެ އަދަދަށް ބަލައި ކޮންމެ ފަސް ކުއްޖަކަށް ފޮތެއްގެ ނިސްބަތުން ކަމަށް ވެސް ސާކިއުލާގައިވެ އެވެ.
"މި ފޮތްތައް ހުންނަންވާނީ ވެސް ޓީޗަރުންގެ ބެލުމުގެ ދަށުގައި ރައްކާކުރެވިފަ އެވެ. ސްކޫލުތަކުން މި ދެންނެވުނު އަދަދަށް ފޮތް ނެންގެވުމަށްފަހު އިތުރުވާ ފޮތްތައް ރައްކާތެރިކަމާއެކު ބަލަހައްޓައިފިނަމަ ކުރިއަށް އޮތް ދެ އަހަރު މި ފޮތްތައް އިތުރަށް ޗާޕުނުކޮށް ވާނެކަމަށް ބެލެވެ އެވެ. އަދި މިހާތަނަށް އެއްވެސް ދަރިވަރަކަށް މި ފޮތް ދޫކުރެވިފައިވާނަމަ ސްކޫލުން އެ ފޮތްތައް ނެންގެވުން އެދެމެވެ،" ސާކިއުލާގައި ވެ އެވެ.
ނަމަވެސް އާޓް ފޮތްތައް ނަގަން އެންގި ސަބަބެއް ނުބުނެ އެވެ. އެކަމަކު ސްކޫލުތައް ބޮޑު ޗުއްޓީއަށް ބަންދުވިއިރު ދަރިވަރުންނަށް ދިން ފޮތް ލިސްޓުގައި ކްރިއޭޓިވް އާޓް ފޮތް ހިމަނާފައިވެ އެވެ.
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭން ހޮޓްލައިނެއް
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ސްކޫލް ބޮޑު ޗުއްޓީގެ ބޭނުން ނުހިފި ބޭކާރު!
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ޓީޗަރުންނާއި، ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތަކެއް