Roadha Mihaaru
"ބިގް ބޮސް 15" ގެ އަޑަކަށް މި ފަހަރު ރޭކާ؟

"ބިގް ބޮސް 15" ގެ އަޑަކަށް މި ފަހަރު ރޭކާ؟

30 އޯގަސްޓް 2021

ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 15" އާ އެކު މިހާރު ވެސް ވަނީ ތަފާތުތަކެއް ފެންނަން ފަށައިފަ އެވެ. ޓީވީ އަށް ޝޯ އަށް އައުމުގެ މާ ކުރިން ޑައިރެކްޓަރު ކަރަން ޖޯހަރް ހޯސްޓަކަށް ލައިގެން ކަލާޒްގެ ސްޓްރީމިން ޕްލެޓްފޯމް، ވޫޓް އިން މި މަހުގެ 8 އިން ފެށިގެން އަންނަނީ ޝޯ ސްޓްރީމްކުރަމުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 15" އާ އެކު މިހާރު ވެސް ވަނީ ތަފާތުތަކެއް ފެންނަން ފަށައިފަ އެވެ. ޓީވީ އަށް ޝޯ އަށް އައުމުގެ މާ ކުރިން ޑައިރެކްޓަރު ކަރަން ޖޯހަރް ހޯސްޓަކަށް ލައިގެން ކަލާޒްގެ ސްޓްރީމިން ޕްލެޓްފޯމް، ވޫޓް އިން މި މަހުގެ 8 އިން ފެށިގެން އަންނަނީ ޝޯ ސްޓްރީމްކުރަމުންނެވެ.

"ބިގް ބޮސް" ގެ ރަސްމީ ހޯސްޓް ސަލްމާން ޚާނާ އެކު މިހާރު 15 ވަނަ ސީޒަންގެ ޕްރޮމޯތަކެއް ދައްކަމުން އަންނަ އިރު، އަނެއްކާ ވެސް އިތުރު ބަދަލެއް މި ވަނީ ފާހަގަކުރެވިފަ އެވެ. އެއީ މި ޝޯގެ ރަސްމީ ފިރިހެން ބަރު އަޑުގެ ބަދަލުގައި މި ފަހަރު ބަތަލާ ރޭކާގެ ޖާދުވީ އަޑު ޕްރޮމޯތަކުން އިވެމުން ދިޔުމެވެ. އެހެންވެ "ބިގް ބޮސް" ގެ ފޭނުން މިހާރު ކުރާ ސުވާލަކީ ފިރިހެން ބަޑުގެ ބަދަލުގައި މުޅި ޝޯގައި ރޭކާގެ އަޑު އިވިގެން ދާނެތޯ އެވެ؟

"ބިގް ބޮސް" ގެނެސްދޭން ފެށީއްސުރެ ބައިވެރިންނަށް އިރުޝާދު ދިނުމާއި މުޅި ޝޯގައި އެއް ޓޯނަކަށް އަބަދު އިވޭނެ އަޑަކީ ކާކުކަން އަބަދު ވެސް ސިއްރުކޮށްފައި އޮންނަ ފިރިހެން އަޑެވެ. އެކަމަކު 15 ވަނަ ސީޒަންގެ ޕްރޮމޯތަކާ އެކު ރޭކާގެ އަޑު އިވޭތީ މި ފަހަރު މި ގެންނަން އުޅޭ ބަދަލަކީ ކޮބައި ކަމެއް އަދި ސާފެއް ނުވެ އެވެ. މި ޝޯގައި ރޭކާ ބައިވެރިވާކަމުގެ އެއްވެސް އިޝާރާތެއް ވެސް ކަލާޒް އިން މިހާތަނަށް ދީފައެއް ނުވެ އެވެ.

އެކަމަކު ކޮންމެވެސް ގޮތަކުން "ބިގް ބޮސް 15" ގައި ބޮލީވުޑްގެ ކުރީގެ ބަތަލާގެ ރޯލެއް އޮވެދާނެކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ރޭކާ، 66، އަކީ ސްޓާ ޕްލަސްގެ ސިލްސިލާ "ގުމް ހެ ކިސީ ސޭ ޕިޔާރު މޭ" ވެސް ޕްރޮމޯޓްކޮށްދެމުން އަންނަ ތަރިއެކެވެ.

"ބިގް ބޮސް 15" ޕްރޮމޯ ބުނާ ގޮތުން ވަރަށް އަވަހަށް ކަލާޒް އިން ޝޯ ދައްކަން ފަށާނެ އެވެ. އެ ޗެނެލުން މިހާރު ވަނީ އާ ސީޒަންގެ ޕްރޮމޯގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ވެސް އާންމުންގެ ސަމާލުކަން ހޯދުމަށްޓަކައި ދޫކޮށްލައިފަ އެވެ.

"ބިގް ބޮސް" އަކީ އިންޑިއާގެ ސެލެބްރިޓީން ހާއްސަކޮށް، ޓީވީ އިންޑަސްޓްރީގެ ފަންނާނުން ބައިވެރިކޮށްގެން ގެނެސްދޭ ވަރަށް މަގުބޫލު ޝޯއެކެވެ. މިއީ އެއް ގެއެއްގައި ބައިވެރިން ހޭދަކުރާ ގޮތް ދައްކުވައިދޭ އެއްޗެކެވެ.

"ބިގް ބޮސް 14" މި އަހަރުގެ ފެބްރިއަރީގައި ނިންމައިލީ ޓީވީ ބަތަލާ ރުބީނާ ދިލައިކް ޝޯ ކާމިޔާބުކޮށްގެންނެވެ.