Roadha Mihaaru
"ބިގް ބޮސް 15" ގެ ފިނާލޭ ހޮނިހިރު، އާދިއްތައިގައި

"ބިގް ބޮސް 15" ގެ ފިނާލޭ ހޮނިހިރާއި އާދިއްތަ ދުވަހު

27 ޖެނުއަރީ 2022

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކަލާޒް ޗެނެލުން ގެނެސްދެމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަން ނިންމާލަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކަލާޒް ޗެނެލުން ގެނެސްދެމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަން ނިންމާލަން ތައްޔާރުވެއްޖެ އެވެ.

ޝޯގެ ފިނާލޭގެ އެޕިސޯޑްތައް ގެނެސްދޭނީ އަންނަ ހޮނިހިރާއި އާދިއްތަ ދުވަހު ރާއްޖޭގެ ގަޑިން ރޭގަނޑު 7:30 ގަ އެވެ.

"ބިގް ބޮސް 15" ނިންމާލާއިރު، ފިނާލޭގައި ހަތް ބައިވެރިޔަކު ވާދަކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު ކަލާޒްގެ ސްޓްރީމިން ޕްލެޓްފޯމް، ވޫޓް އިން ސްޓްރީމް ކުރި "ބިގް ބޮސް އޯޓީޓީ" ގައި ވެސް ވާދަކުރި ޝަމީތާ ޝެޓީ އާއި ހަމަ އެ ޝޯގައި ވާދަކުރި ޕްރަތީކް ސެހެޖްޕާލް އާއި ނިޝާންތު ބަޓްގެ އިތުރުން މި ފަހަރުގެ ސީޒަންގެ އޮރިޖިނަލް ބައިވެރިންގެ ތެރެއިން ތޭޖާސްވީ ޕްރަކާޝް އާއި ކަރަން ކުންދުރާގެ އިތުރުން "ބިގް ބޮސް 14" ގައި ވެސް ވާދަކުރި ރާކީ ސާވަންތުގެ އިތުރުން "ބިގް ބޮސް 13" ގައި ވާދަކުރި ރަޝްމީ ދެސާއީ އެވެ.

"ބިގް ބޮސް" އަކީ ބޮލީވުޑްގެ ތަރި ސަލްމާން ޚާން ހޯސްޓްކުރާ ޝޯއެކެވެ. ފަނަރަ ވަނަ ސީޒަން ދައްކަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.

އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯތަކުގެ ތެރޭގައި ހިމެނޭ "ބިގް ބޮސް" ގެ 14 ވަނަ ސީޒަން ކާމިޔާބުކުރީ ރުބީނާ ދިލައިކެވެ.