Roadha Mihaaru

"ބިގް ބޮސް 19" ދައްކަން ފަށައިފި

އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 19 ވަނަ ސީޒަން ދައްކަން ރޭގައި ފަށައިފި އެވެ.

"ބިގް ބޮސް 19" ދައްކަން ފަށައިފި

އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 19 ވަނަ ސީޒަން ދައްކަން ރޭގައި ފަށައިފި އެވެ.

ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން ހޮސްޓުކޮށް، ކަލާސް ޓީވީން ގެނެސްދޭ "ބިގް ބޮސް 19"ގައި ޖުމްލަ 16 ބައިވެރިން ހިމެނޭއިރު، އޭގެ ތެރޭގައި އެކި ދާއިރާތަކުން މަޝްހޫރު ސެލެބްރިޓީން ހިމެނެ އެވެ.

މި ސީޒަންގެ ބައިވެރިންނަކީ؛

1. ޓީވީ އެކްޓަރު، ގޯރަވް ކަންނާ

2. ޓީވީ އެކްޓްރެސް، އަޝްނޫރު ކޯރް

3. އެކްޓަރު، ބަސީރު އަލީ

4. ޓީވީ އެކްޓަރު، އަބީޝެކް ބަޖާޖް

5. މިއުޒިޝަން، އަރްމާން މާލިކް

6. 2018 ގެ މިސް ޑީވާ ޔުނިވާސް، ނެހާލް ޗުދަސްމާ

7. 2018 ގެ މިސް އޭޝިއާ ޓޫރިޒަމް ޔުނިވާސް، ތާނިއާ މިއްޓަލް

8. އެކްޓްރެސް، ފަރުހާނާ ބަޓް

9. އެކްޓްރެސް، ނީލަމް ގިރީ

10. ސޯޝަލް މީޑިއާ ސެލެބްރިޓީ، އަވޭޒް ދަރުބާރް

11. ސޯޝަލް މީޑިއާ ސެލެބްރިޓީ، ނަގްމާ މިރަޖްކަރް

12. ކޮމީޑިއަން، ޕްރަނީތު މޯރޭ

13. ޔޫޓިއުބާ، މިރުދުލް ތިވާރީ

14. އެކްޓްރެސް، ކުނިކާ ސަދަނަންދު

15. ސްކްރީން-ރައިޓަރު، ޒީޝާން ގުއަދްރީ

16. ޕޮލެންޑުގެ މޮޑެލް، ނަޓާލިއާ ޖަނޯސްޒެކް

މި އާ ސީޒަންގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ސިޔާސީ ތީމެކެވެ. އެއީ "ގަރްވާލޯ ކީ ސަރުކާރު" އެވެ.

މި ސީޒަން ހަ މަހަށް ދިގުދެމިގެންދާއިރު، މިއީ މިހާތަނަށް ގެނެސްދޭ އެންމެ ދިގު ސީޒަނަށް ވާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

މިދިޔަ ޖެނުއަރީ މަހު ނިމުނު "ބިގް ބޮސް"ގެ 18 ވަނަ ސީޒަން ކާމިޔާބުކުރީ މަޝްހޫރު ޓީވީ އެކްޓަރު ކަރަންވީރު މެހެރާ އެވެ.