Roadha Mihaaru
ނަޝީދު ގަތުލުކުރަން ބުނި މީހާ ޖަލަށް ލައިފި

ނަޝީދު ގަތުލުކުރާނެ ކަމަށް ބުނި މީހާ ކޯޓު ހުރުމަތް ކަނޑާލައިގެން ޖަލަށް ލައިފި

24 އޯގަސްޓް 2021

އަބޫޖަހުލަށް ހަދާލި ގޮތް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އުނގޫފާރު ކޯޓަށް ގެންދިއުމުން އެ ކޯޓުގެ ހުރުމަތް ކަނޑާލައިގެން 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަބޫޖަހުލަށް ހަދާލި ގޮތް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އުނގޫފާރު ކޯޓަށް ގެންދިއުމުން އެ ކޯޓުގެ ހުރުމަތް ކަނޑާލައިގެން 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ނަޝީދަށް އިންޒާރުދިން މައްސަލައާ ގުޅިގެން އިސްމައިލް ޔާސިފް، 40، އިއްޔެ ހައްޔަރުކުރީ ރ. މީދޫންނެވެ. އޭނާ އަކީ މީދޫ މީހަކާ އިނދެގެން އެ ރަށުގައި އުޅޭ މާލޭ މީހެކެވެ. ހައްޔަރުކުރީ އޭނާގެ އަންހެނުންގެ ގޭގައި ހުއްޓަ އެވެ.

ފުލުހުން ބުނީ ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހުގެ ޖަލު ހުކުމެއް އައުމުގެ އިތުރުން އޭނާގެ ބަންދަށް ވެސް އުނގޫފާރު ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ފޭސްބުކް ޕޯސްޓެއްގައި ކުރި ކޮމެންޓެއްގައި މީގެ ތިން ވަރަކަށް ދުވަސް ކުރިން އެ މީހާ ބުނެފައި ވަނީ "ނަޝީދު] ދެން ރާއްޖެ އަތުވެއްޖެ ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނަން،" ކަމަށެވެ.

މިދިޔަ މޭ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ، އެ ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ވަޑައިގެން ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. އެ މަނިކުފާނަށް ދިން ބޮމުގެ ހަމަލާ ގުޅިފައި ވަނީ ހަރުކަށި ފިކުރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.