ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހެޅި މައްސަލާގައި ޖިނާއީ ތަހުގީގަކަށް ބޭނުންވާ އަސާސީ މައުލޫމާތު ހުށަހަޅާފައި ނުވާތީ، އެ މައްސަލަ ރަޖިސްޓްރީކޮށްދެވެން ނެތް ކަމަށް ފުލުހުން މިއަދު އަންގައިފި އެވެ.
28 އޯގަސްޓް 2023
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހެޅި މައްސަލާގައި ޖިނާއީ ތަހުގީގަކަށް ބޭނުންވާ އަސާސީ މައުލޫމާތު ހުށަހަޅާފައި ނުވާތީ، އެ މައްސަލަ ރަޖިސްޓްރީކޮށްދެވެން ނެތް ކަމަށް ފުލުހުން މިއަދު އަންގައިފި އެވެ.
ފުލުހުން "މިހާރު" އަށް ބުނީ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ފޮނުވި ސިޓީގައި މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ތުހުމަތު ކޮށްފައި ވިޔަސް، ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގެއް ފެށުމަށް ބޭނުންވާ އަސާސީ މައުލޫމާތު ފޯރުކޮށްދީފައިނެތް ކަމަށެވެ. އެހެންވެ، ޖިނާއީ މައްސަލައެއް ރަޖިސްޓަރީ ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް، ސިޓީއަކުން މަޖިލީހަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"... އަދި އެފަދަ މައުލޫމާތު ހުރި ނަމަ، ރިޝްވަތުގެ މައްސަލަ ތަހުގީގުކުރުމުގެ ހާއްސަ އިހްތިސާސް އޮންނަ ފަރާތަކީ އެންޓިކޮރަޕްޝަން ކޮމިޝަން ކަަމަށްވާތީ ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ އެފަދަ މައްސަލަ ހުށަހަޅަންވާނީ އޭސީސީއަށް ކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ދެކޭ ވާހަކަ ދަންނަވާފައިވާނެ،" ފުލުހުން ބުންޏެވެ.
އޭސީސީން އެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ އެހީތެރިކަމަށް އެދެފި ނަމަ، އެކަން ކޮށްދޭނެ ކަމަށް ވެސް ފުލުހުން ވަނީ މަޖިލީހަށް އަންގައިފަ އެވެ.
މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ އިދާރާ އިން ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި، މެންބަރުންނަށް ރިޝްވަތު ދޭ ކަމަށް ތުހުމަތުކުރުން ފިޔަވައި އެއްވެސް ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ. އަދި އެކަމަށް ބާރު ލިބޭ އެއްވެސް މައުލޫމާތެއް ވެސް ހުށަހަޅައިފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޑިމޮކްރެޓްސް ޕާޓީން ބައެއް މެމްބަރުން ވަކިވެ އަލުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ފެށި ދަނޑިވަޅެއްގަ އެވެ.
މަޖިލީހުގެ 14 މެމްބަރަކު ޑިމޮކްރެޓްސް އަށް ސޮއިކުރި ނަމަވެސް މަޖިލީހުގެ ޕާޓީތަކުގެ ދަފުތަރުގައި ހިމެނުމަށް މިހާތަނަށް ހުށަހަޅާފައި ވަނީ އެތަނުން އެންމެ ތިން މެމްބަރުންނެވެ. އޭގެ ތެރެއިން ދެ މެމްބަރަކު މިހާރު ވަނީ އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފަ އެެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. ޔާސިރާ އެކު އޭރު ޑިމޮކްރަޓްސް އަށް ސޮއި ކުރެއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުން ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ވެސް މަޖިލިސް މެމްބަރުންނަށް ރިޝްވަތުގެ ތުހުމަތުކޮށް ފުލުހުންނަށް މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލާގައި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް އަދި އޭރު މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ހައްޔަރު ވެސް ކުރި އެވެ. ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެ ފަހަރު ފުލުހުންނަށް އެ މައްސަލާގައި ބަޔާން ދިން ކަމަށް އެނގިފައިވެ އެވެ.
ޕޮލްކޯއިން ގެނައި 24 ވެހިކަލަށް 3.8 މިލިއަން ހޭދަކުރި
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
އެންސީސީއަށް 44 މިލިއަން ދިނުން:ތަހުގީގު އަވަސްކުރަނީ
އޭސީސީގެ އެންގުމަށް ތަބާނުވާތީ ކަންބޮޑުވެއްޖެ!
އިންތިއާ ދެކޮޅަށް ރޮޒައިނާ ޕޮލިހަށް މައްސަލައެއް
ނަޝީދުގެ މައްސަލަ ބަލަން މުއައްސަސާތަކަށް ހުށަހަޅައިފި
މެމްބަރަކު ފުލުހަށް ހާޒިރުކުރާނަމަ އަންގަން އެދެފި
ހަމަލާ ރޭވިމީހުން ހައްޔަރުނުކުރެވެނީސް ނުދެވޭނެ: ނަޝީދު
ފުލުހުން ވަކިކުރުމުގައި ސިޔާސީ ނުފޫޒު އޮތްތޯ ބަލަނީ
މާރިޔާ ގާނޫނާ ހިލާފުވިކަން ރިޕޯޓުން އެނގޭ: އުޝާމް