Roadha Mihaaru
އައްޑޫގެ ތަރައްގީއާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އެންވަޔަރްމަންޓް މިނިސްޓްރީން މަޝްވަރާ ކޮށްފި

23 އޯގަސްޓް 2021

އައްޑޫގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އެ ސިޓީގެ ކައުންސިލާ އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު މަޝްވަރާކޮށްފި އެވެ.

އައްޑޫގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އެ ސިޓީގެ ކައުންސިލާ އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު މަޝްވަރާކޮށްފި އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ މިނިސްޓަރު އައިމިނަތު ޝައުނާ، މޭޔަރު އަލީ ނިޒާރާ ބައްދަލު ކުރައްވާފައިވާ ކަމަށާއި އައްޑޫގައި ހިނގަމުން ގެންދާ މަޝްރޫއުތަކުގެ ތެރެއިން އެ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެ ކަމަނާ ދެއްވި ކަމަށެވެ.

ޝައުނާ، އައްޑޫ ބަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ސިޓީގެ ނޭޗާ ޕާކް މެނޭޖްމަންޓް ޕްލޭން ތަންފީޒު ކުރުމާއި ފެނާއި ނަރުދަމާގެ މަސައްކަތާއި ފެންބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވާރާ ކުރެއްވި ކަމަށެވެ.

މީގެ އިތުރުން ވެށި ހިމާޔަތް ކެރުމުގެ މުހިންމު ކަމާއި ރިނިއުބަލް އެނާޖީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ކައުންސިލާ އެކު މަޝްވަރާ ކުރެއްވި ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެންވަޔަރްމަންޓް މިނިސްޓްރީގެ ތިން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރާއި އަދި ހުރިހާ ޑިޕާޓްމަންޓުތަކެއްގެ އިސްވެރިން ބައިވެރިވެވައިގަތެވެ.

އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާކޮށްފައިވާ އިރު، އިދިކޮޅު ކޯލިޝަންގެ އިސްވެރިންތަކެއް ވެސް މި ވަގުތު އަންނަނީ އައްޑޫގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ސިޓީގައި ހިންގާނެ ކަމަށް ސަރުކާރުން ބުނާ ތަރައްގީގެ މަޝްރޫއުތައް ނުފެންނާތީ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.