Roadha Mihaaru
މައުލޫމާތު ގާނޫނުގެ ދަށުން ރައީސް ކަމުގެ ލިޔުން ހޯދަނީ

ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުން ހޯޯދަން މައުލޫމާތުގެ ގާނޫނުގެ ދަށުން ހުށަހަޅައިފި

28 ނޮވެމްބަރ 2016

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސް ކަން އަންގައިދޭ ލިޔުމެއް އިލެކްޝަންސް ކޮމިޝަނުން ނުދިނުމުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ލިޔުން ހޯދުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މައުމޫންގެ ފަރާތުން ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސް ކަން އަންގައިދޭ ލިޔުމެއް އިލެކްޝަންސް ކޮމިޝަނުން ނުދިނުމުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ލިޔުން ހޯދުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މައުމޫންގެ ފަރާތުން ހުށަހަޅައިފި އެވެ.

ޕީޕީއެމް ދެބައިވެފައި ވަނިކޮށް މައުމޫނަކީ އެ ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުމެއް ހޯދަން މައުމޫންގެ ފަރާތުން އިއްޔެ އަނެއްކާވެސް އެދުނީ ކުރިން ފަހަރު އެ ކޮމިޝަންގައި އެދުމުން ވެސް އެ ލިޔުން ނުލިބުމުންނެވެ.

ކުރިން ފަހަރު މައުމޫން އެ ލިޔުން ހޯއްދަވަން އެދިވަޑައިގަތީ ސިޓީއަކުންނެވެ. އެ ފަހަރު އިލެކްޝަންސް އިން އެ މަނިކުފާނަށް ޖަވާބު ދިނީ، ޕާޓީތަކާ ގުޅޭ މައުލޫމާތު ދޭނީ އެ ޕާޓީއަކުން ކަމަށެވެ.

މި ފަހަރު މައުމޫން އެކަމަށް އެދިވަޑައިގަތީ މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ ފޯމެއް ހުށަހަޅައިގެންނެވެ. މައުމޫނަކީ ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުމުގެ އިތުރުން އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގެ ޔައުމިއްޔާގެ ކޮޕީއެއް ހޯދަން ވެސް މައުމޫން މި ފަހަރު އެދިވަޑައިގަތެވެ.

އެ ލިޔުން މައުމޫން ހޯއްދަވަނީ ޕާޓީ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ޕާޓީގެ ކައުންސިލުން ނިންމި ނިންމުން ބާތިލް ކުރަން މައުމޫން ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ ލިޔުން ބޭނުންވާތީ އެވެ. އެކަމަކު ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ބޭރު ކޮށްލައިފަ އެވެ.