Roadha Mihaaru
ހަކުރު ޓެސްޓުކުރާ މެޝިން އޭޑީކޭ އިން އަގުހެޔޮކޮށްފި

ހަކުރު ޓެސްޓުކުރާ މެޝިން އޭޑީކޭ އިން އަގުހެޔޮކޮށްފި

19 އޯގަސްޓް 2021

ހަކުރު ޓެސްޓު ކުރުމަށް ބޭނުންކުރާ އަކޫ ޗެކް ޕަފޯމާ އާއި އަކޫ ޗެކް އެކްޓިވް، އޭޑީކޭ ފާމަސޫޓިކަލްސް އިން އަގުހެޔޮކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހަކުރު ޓެސްޓު ކުރުމަށް ބޭނުންކުރާ އަކޫ ޗެކް ޕަފޯމާ އާއި އަކޫ ޗެކް އެކްޓިވް، އޭޑީކޭ ފާމަސޫޓިކަލްސް އިން އަގުހެޔޮކޮށްފި އެވެ.

މި މެޝިންތައް އެ ކުންފުނިން އަގު ހެޔޮކުރީ މިހާރު ކުރިއަށްދާ "ކެއާ އަ ޑީލް" ޕްރޮމޯޝަންގެ ދަށުންނެވެ. ހަކުރު ޓެސްޓުކުރާ މެޝިންތަކުގެ ސްޓޮކް ހުސްވަންދެން މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

މި ޕްރޮމޯޝަންގައި ކުރިން 1،049ރ. އަށް ލިބުނު އަކޫ ޗެކް އެކްޓިވް މެޝިނެއް މިހާރު 950ރ. އަށް ލިބޭނެ އެވެ. އަދި 1،275ރ. އަށް ލިބުނު އަކޫ ޗެކް ޕަފޯމާ މިހާރު ލިބޭނީ 1،100ރ. އަށް ދޭނެ އެވެ.

އަކޫ ޗެކް ޕަފޯމާ އަކީ ކޮންމެ މީހަކަށް ވެސް ބޭނުން ކުރަން ފަސޭހަ، 500 ރިޒަލްޓް ރައްކާކުރެވޭ މެޝިނެކެވެ. މި މެޝިނުން ޓެސްޓު ކުރުމުން ނަތީޖާ އެންމެ ފަސް ސިކުންތުން ލިބޭނެ އެވެ. އަދި ގިނައިން ޓެސްޓު ކުރަން ޖެހޭ މީހުންނަށް ދުވާލަކު ހަތަރު ރިމައިންޑާ ވެސް ސެޓު ކުރެވޭނެ އެވެ.

އަކޫ ޗެކް އެކްޓިވް އަކީ ކުޑަވެފައި ބޭނުންކުރަން ފަސޭހަ މެޝިނެކެވެ. މި މެޝިނުން 90 ދުވަހުގެ ރިޒަލްޓުތައް ރައްކާކުރެވޭނެ އެވެ. އަދި މުއްދަތު ހަމަވެފައިވާ ސްޓްރިޕެއް ލާނަމަ އެލާޓު ވެސް ފޮނުވާނެ އެވެ.

އޭޑީކޭގެ މި ޕްރޮމޯޝަން ކުރިއަށްދާނީ އޭޑީކޭގެ ބައެއް ފާމަސީތަކުގަ އެވެ. އެއީ އޭޑީކޭ ފާމަސީ 1، 2، 5، 10، 11 އަދި މެޑް 1 އެވެ.