Roadha Mihaaru
އެޕާޓްމަންޓް ލިބޭ ޑްރައިޕާސް ޕްރޮމޯޝަނަށް ތަރުހީބު ބޮޑު

ހިލޭ އެޕާޓްމަންޓެއް ލިބޭ ޑްރައިޕާސްގެ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް

10 ފެބުރުއަރީ 2017

ޑްރައިޕާސް ނެޕީ ޕެކެޓެއް ގަނެގެން އެއް އަހަރުދުވަހުގެ މުއްދަތަށް އެޕާޓްމަންޓަކާއި އަދިވެސް އަގުހުރި އެތައް އިނާމުތަކެއް ލިބޭ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ޑްރައިޕާސް ނެޕީ ޕެކެޓެއް ގަނެގެން އެއް އަހަރުދުވަހުގެ މުއްދަތަށް އެޕާޓްމަންޓަކާއި އަދިވެސް އަގުހުރި އެތައް އިނާމުތަކެއް ލިބޭ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ބުނެފި އެވެ.

މިދިޔަ އޮކްޓޯބަރު 27 ގައި ފެށި ޕްރޮމޯޝަންގެ މުއްދަތު މި މަހުގެ 15 އަށް ހަމަވާއިރު، މި ޕްރޮމޯޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު މަނާލް ނާޝިދު ވިދާޅުވި އެވެ. ރަށްރަށުން ވެސް ކޫޕަން ފޮނުވަމުން އަންނައިރު، ޑްރައިޕާސް ނެޕީގެ މަގުބޫލުކަން ވެސް މި ޕްރޮމޯޝަނުގެ ސަބަބުން ވަރަށް ބޮޑު ތަން އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަޅުގަނޑުމެން ޔަގީންކަން މި ދެނީ ކޮލިޓީ އެޕާޓްމަންޓަކާ އަދިވެސް އިތުރު ރަނގަޅު އިނާމުތައް ލިބޭނެ،" މަނާލް ވިދާޅުވި އެވެ.

މި ޕްރޮމޯޝަނުގައި ހިމެނެނީ ޑްރައިޕާސްގެ މެގަ ޕެކެވެ. މިހާރު ލިބެން ހުންނަ ޑްރައިޕާސްގެ ސްޓޮކްގައި ހިމެނޭ ކޮންމެ މެގަ ޕެކް ޕެކެޓެއްގައި ރީނދޫ ކުލައިގެ ސްޓިކާއެއް ހަރުކޮށްފައި ހުރެ އެވެ. އެ ސްޓިކާ ޕެކެޓުން ކަފާލައިގެން ގެނައުމުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.

އެ ސްޓިކާ ގެންދަން ޖެހެނީ މާލޭގަައި ނަމަ، ސޯސަންމަގުން އިބްރާހިމީ މިސްކިތް ކުރިމައްޗަށް ވާ ގޮތަށް ހުންނަ ޖީޓީސްނެޕް ފިހާރަ އަދި ބޮޑުތަކުރުފާނު މަގުން ބާޒާރުމަތީގައި ހުންނަ އޭޑީކޭ ޖެނެރަލް ޓްރޭޑިން ނުވަތަ ހދ. ކުޅުދުއްފުށީގައި ހުންނަ އޭޑީކޭ އެންޑީސީ އަށެވެ. އޭރުން އެ މީހަކަށް ލިބޭ ކޫޕަން ފުރުމަށް ފަހު، އެ ފިހާރަތަކުގައި ހުންނަ ފޮއްޓަށް ލުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވުނީ އެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކީ އެއް އަހަރުދުވަހުގެ މުއްދަތަށް، ހުރިހާ ފަރުނީޗަރަކާ އެކު ދޭ އެއް ކޮޓަރީގެ އެޕާޓްމަންޓެކެވެ. ގުރުއަތުން ދެވަނަ އަށް ހޮވޭ ފަރާތަކަށް ވެސްޕާ ބްރޭންޑުގެ ސައިކަލެއް ދޭއިރު، ތިންވަނަ އިނާމަކަށް ދޭން ހަމަޖައްސާފައި ވަނީ އެއް އަހަރުދުވަހުގެ މުއްދަތަށް ޑްރައިޕާސް ނެޕީ އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ގިނަ ބްރޭންޑުތަކެއް ރާއްޖެ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިއްކަ އެވެ. އޭގެ ތެރޭގައި ޑްރައިޕާސް ބްރޭންޑުގެ ކުޑަކުދިންނަށް ހާއްސަ ތަކެއްޗާއި މާސްޓަ ޝެފް ބްރޭންޑުގެ ބާސްމަތީ ހަނޑުލާއި ޓްވިސްޓް ޖޫހާއި ލީގޯ ޗިޕްސް އާއި އައިމީ ނޫޑުލްސްގެ އިތުރުން ފިރިހެނުންނަށް ހާއްސަ ބޭޑް ލެބް ބްރޭންޑުގެ ތަކެތި ހިމެނެ އެވެ.