Roadha Mihaaru
"ލިޓްލް ލަޔަން" ގެ ރަހަތައް ތައާރަފުކޮށްފި

"ލިޓްލް ލަޔަން" ގެ މީރު ރަހަތައް އޭޑީކޭ ޖެނެރަލް އިން ތައާރަފުކޮށްފި

17 އޮކްޓޯބަރ 2022

ސްރީ ލަންކާގެ މަޝްހޫރު "ލިޓްލް ލަޔަން" ބްރޭންޑުގެ އެކި އުފެއްދުންތައް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ތައާރަފުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސްރީ ލަންކާގެ މަޝްހޫރު "ލިޓްލް ލަޔަން" ބްރޭންޑުގެ އެކި އުފެއްދުންތައް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން ބުނީ، އެ ބްރޭންޑުގެ އެކި ފްލޭވާތަކުގެ އެކި ވައްތަރުގެ ބިސްކޯދާއި ސްޕޮންޖު ރޯލާއި ފްރުޓު ކޭކު އަދި ގިނަ ބާވަތްތަކެއްގެ ވޭފާ މިހާރު ލިބޭނެ ކަމަށެވެ.

"ލިޓްލް ލަޔަން" ގެ އެކި ވެރައިޓީތައް ހިމެނޭއިރު، ގިނަ ބާވަތްތަކުގެ ޕްރޮޑަކްޓްތައް ރާއްޖެ ގެނެސްފައިވާ ކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ބުންޏެވެ. އެއީ ކުޑަކުދިންގެ މެދުގައި މަގުބޫލު، މީރު ރަހަތަކެއް އެކުލެވޭ "ސްނެކް" ތަކެއް ކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

އެކި ވައްތަރުގެ ވެފާވެސް ލިލް ލަޔަން ބްރޭންޑުގައި ހުރޭ. ފޮޓޯ: އޭޑީކޭ ޖެނެރަލް ޓްރޭޑިން

އެކި ވައްތަރުގެ ވެފާވެސް ލިލް ލަޔަން ބްރޭންޑުގައި ހުރޭ. ފޮޓޯ: އޭޑީކޭ ޖެނެރަލް ޓްރޭޑިން

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ބުނިގޮތުގައި، "ލިޓްލް ލަޔަން" ގެ ގިނަ ބާވަތްތައް، އެ ކުންފުނިން ހިންގާ "ގަންނަ މާޓް" އިން ވެސް ލިބޭނެ އެވެ. ބުރުޒު މަގާއި މާވެޔޮ މަގު ގުޅުނު ކަންމަތީގައި ހުންނަ އެ ފިހާރައިގެ އެޕުން ވެސް އެ ޕްރޮޑަކްޓުތައް އޮންލައިންކޮށް ގަންނަން ލިބެ އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑް އިން އަލަށް ތައާރަފުކުރި އެ ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓުތަކަކަށް "މިހާރު" ގެ ކިޔުންތެރިންނަށް ހާއްސަ ޑިސްކައުންޓެއް ވަނީ ކަނޑައަޅާފަ އެވެ. "ގަންނަ މާޓް" އެޕް މެދުވެރިކޮށް، އެ ބްރޭންޑުގެ އައިޓަމްތައް ގަންނަ އިރު "މިހާރު" ގެ ކިޔުންތެރިންނަށް ހާއްސަ ކޮށްފައިވާ ޑިސްކައުންޓު ކޯޑު، 4QT9-QKRF ބޭނުން ކުރުމުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެ ކޯޑު ބޭނުން ކޮށްގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޑިސްކައުންޓު ލިބޭނެ އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ގެންނަ އައިޓަމްތައް ގަންނަ މާޓުންނާއި ގަންނަ މާޓު އެޕުން ލިބޭނެ. ފޮޓޯ: އޭޑީކޭ ޖެނެރަލް ޓްރޭޑިން

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ގެންނަ އައިޓަމްތައް ގަންނަ މާޓުންނާއި ގަންނަ މާޓު އެޕުން ލިބޭނެ. ފޮޓޯ: އޭޑީކޭ ޖެނެރަލް ޓްރޭޑިން

އޭޑީކޭ ޖެނެރަލް ޓްރޭޑިން އަކީ "ލިޓްލް ލަޔަން" ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. "ލިޓްލް ލަޔަން" ގެ އުފެއްދުންތައް ހޯލްސޭލް އަދި ރީޓެއިލް ކޮށް އެ ފިހާރަ އިން ލިބޭނެ އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ގެންނަ ޕްރޮޑަކްޓުތައް "ގަންނަ މާޓް" ފިހާރައިން ލިބެން ހުންނާނެ އެވެ.