12 ފެބުރުއަރީ 2021
އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ރާއްޖެ އެތެރެކުރާ އަންހެނުންނަށް ހާއްސަ "ލިބްރެސް" ބްރޭންޑަށް އދ. ގެ އެވޯޑެއް ލިބިއްޖެ އެވެ.
އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ރާއްޖެ އެތެރެކުރާ އަންހެނުންނަށް ހާއްސަ "ލިބްރެސް" ބްރޭންޑަށް އދ. ގެ އެވޯޑެއް ލިބިއްޖެ އެވެ.
އދ. ގެ "އޭޝިއާ ޕެސިފިކް ވިމެންސް އެމްޕަވަމަންޓް" އެވޯޑު ހަފްލާގައި ލިބްރެސް އަށަ ވަނީ "ޖެންޑާ ރެސްޕޮންސިވް މާކެޓް ޕްލޭސް" އެވޯޑު ލިބިފަ އެވެ. މިއީ ޕްރައިވެޓް ސެކްޓާގައި އަންހެން ލީޑަރުން ޕްރޮމޯޓު ކުރާ އާ އުފެއްދުންތައް ބަލައިގަނެ، މަސައްކަތުގެ މާހައުލުގައި ހަމަހަމަކަން އުފައްދައި ވިޔަފާރި ކުރިއަރުވަން ފަންޑު ހޯދުމުގައި އެހީވުމަށް އދ. އިން ދޭ އެވޯޑުތަކެކެވެ.
ލިބްރެސް އަކީ ދުނިޔޭގެ ގިނަ ގައުމުތަކުގެ އަންހެނުންގެ އިތުބާރު ހޯދާފައިވާ އަންހެނުންނަށް ހާއްސަ ބްރޭންޑެކެވެ. މި ބްރޭންޑުގެ އުފެއްދުންތަކަށް ދިވެހި އަންހެނުންގެ މަގުބޫލުކަން ވެސް ވަނީ ލިބިފަ އެވެ.
އޭޑީކޭ އިން ބުނިގޮތުގައި ލިބްރެސްގެ މިޝަން އަކީ އަންހެނުން ބާރުވެރި ކުރުވުމެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ލިބްރެސްގެ ސޯލް ޑިސްޓްރިބިއުޓަރަކީ އޭޑީކޭ ޖެނެރަލް ޓްރޭޑިން އެވެ.
"އޭޝިއާ ޕެސިފިކް ވިމެންސް އެމްޕަވަމަންޓް" އެވޯޑު ހަފްލާގައި މި އަހަރުވަނީ އާ އެވޯޑެއްވެސް ތައާރަފު ކޮށްފަ އެވެ. "ޔޫއެން ވިމެން ޕްރައިޒް ފޯ ޖެންޑާ އިކުއަލިޓީ"ގެ ނަމުގައި ދޭން ފެށި މި އެވޯޑަކީ ކޮވިޑް-19 ފަދަ ހާލަތްތަކުގައި ވެސް އަންހެނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންނަށް ދޭ އެވޯޑެކެވެ.
"ބޭޑް ލެބް" ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި
އޭޑީކޭ ޖީޓީން ސުޕްރީމިއޯ ޕޮޕްކޯންގެ އައިޖީ މުބާރާތެއް
"ބޭޑް ލެބް"ގެ ޕްރޮޑަކްޓްތައް ގަނެގެން އަގުހުރި އިނާމު
ސްކޯ ދިމާކޮށްގެން އޭޑީކޭ ޖީޓީ އިން ސްނެކް ޕެކެއް
ލިޓްލް ލަޔަންގެ ރަހަތަކަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް
"ލިޓްލް ލަޔަން" ގެ ރަހަތައް ތައާރަފުކޮށްފި
ގަންނަ މާޓުން ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް
އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ "ބެކް ޓު ސްކޫލް" ފަށައިފި
ކުޅުދުއްފުށީގައި ހުންނަ އޭޑީކޭ ފިހާރަ އެހެން ތަނަކަށް
ގަންނަ މާޓުގެ ރެޕް ލަވައަށް ގިނަ ބައެއްގެ ތައުރީފު