06 ސެޕްޓެމްބަރ 2023
އޭޑީކޭ ފާމަސޫޓިކަލްސްއިން ދުނިޔޭގެ އެންމެ ބޮޑު އެއް ފާމަސޫޓިކަލް ބްރޭންޑް "ނޮވާޓިސް" ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
އޭޑީކޭ ފާމަސޫޓިކަލްސްއިން ދުނިޔޭގެ އެންމެ ބޮޑު އެއް ފާމަސޫޓިކަލް ބްރޭންޑް "ނޮވާޓިސް" ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
އޭޑީކޭ ފާމަސޫޓިކަލްސްއިން ބުނި ގޮތުގައި "ނޮވާޓިސް" އަކީ ފުޅާދާއިރާއެއްގައި ޑައިބެޓިކް ފަދަ ދާއިމީ ބަލިތަކަށް ބޭސް އުފައްދާ ސްވިޒަލެންޑްގެ ބޮޑު ކުންފުންޏެކެވެ. އޭގެ އިތުރުން މި ކުންފުނިން ހުޅުހުޅުގައި ރިއްސުމާއި ރާއްޖެބަލި ކަހަލަ ބައްޔާއި ލޮލުގެ އިންފެކްޝަންތައް ފަދަ ބަލިތަކަށް ދޭ ބޭސް އުފައްދަ އެވެ.
އޭޑީކޭ ފާމަސޫޓިކަލްސްއިން ބުނި ގޮތުގައި "ނޮވާޓިސް" ފަދަ ބޮޑު ފާމަސޫޓިކަލް ބްރޭންޑަކުން ރާއްޖެއަށް ބޭސް އެތެރެކުރުމަކީ އާއްމުންނަށް ކޮލިޓީ ރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބާރު ލިބޭނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދާއިމީ ބަލިތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ ބޭސް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން އިތުރުވެގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ނޮވާޓިސް" ބްރޭންޑުގެ ގިނަ ބޭސް އާސައިންދައިގައި މިހާރު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތައް އާސައިންދައިގެ ދަށުން ހިލޭ ލިބޭނެ އެވެ.
ހަކުރު ޓެސްޓުކުރާ މެޝިން އޭޑީކޭ އިން އަގުހެޔޮކޮށްފި
ކުޅުދުއްފުށީގައި ހުންނަ އޭޑީކޭ ފިހާރަ އެހެން ތަނަކަށް
އޭޑީކޭގެ "ގަންނަ މާޓް" ފިހާރަ ހުޅުވައިފި
އެޕާޓްމަންޓް ލިބޭ ޑްރައިޕާސް ޕްރޮމޯޝަނަށް ތަރުހީބު ބޮޑު
ޑްރައިޕާސްގެ ބޮޑު ޕްރޮމޯޝަނެއް އޭޑީކޭ އިން ފަށައިފި
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލަން ހާއްސަ އިވެންޓެއް
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ކޮކާ ފިޝް: ބޭނުން ވައްތަރެއްގެ މަހެއް ސީދާ ގެއަށް