Roadha Mihaaru
"ފާމަސީ އެމްވީ"ގެ ނަމުގައި އޮންލައިން ފާމަސީއެއް

"ފާމަސީ އެމްވީ"ގެ ނަމުުގައި އޮންލައިން ފާމަސީއެއް ހުޅުވައިފި

01 ނޮވެމްބަރ 2020

"ފާމަސީ އެމްވީ" ގެ ނަމުގައި ރާއްޖޭގައި އޮންލައިން ފާމަސީއެއް މިއަދު ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

"ފާމަސީ އެމްވީ" ގެ ނަމުގައި ރާއްޖޭގައި އޮންލައިން ފާމަސީއެއް މިއަދު ހުޅުވައިފި އެވެ.

މިއީ އެއްތަނަކުން ގިނަ ވައްތަރުގެ ބޭހާއި ސިއްހީ ކަންކަމަށް ބޭނުންވާ އުފެއްދުންތަކާއި ހިދުމަތް ލިބޭ، ރާއްޖޭގެ ފުރަތަމަ އޮންލައިން ފާމަސީ އެވެ. މި ފާމަސީން ބޭހާއި، ސިއްހީ ކަންކަމަށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ އިތުރުން ބޮޑީކެއާ އާއި ބިއުޓީ އަދި ޕާސަނަލް ކެއާގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެ އެވެ.

ފާމަސީ އެމްވީން ބުނީ އެ ކުންފުނިން ބޭނުންވަނީ ފަސޭހަކަމާއެކު ސިއްހީ ހިދުމަތްތައް ބޭނުންވާ މީހުންނަށް އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، ފާމަސީއެމްވީގެ ވެބްސައިޓް www.pharmacy.mv އިން އެޕޮއިންޓްމަންޓް ހެދުމުން ގޭގެއަށް ގޮސް ބަލިމީހުންގެ ސާމްޕަލް ނެގުމާއި، ބްލަޑްޝުގާ ޗެކްކޮށްދިނުމާއި، ނެބިއުލައިޒް ކުރުމާއި، ޓިއުބް ފީޑިން އަދި އިންޖެކްޝަން ޖަހައިދިނުމުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ބޭސް ސިޓީ ވެބްސައިޓަށް އަޕްލޯޑު ކޮށްގެން ބޭސް ނެގުމާއި، އޮކްސިޖަން ކޮންސަންޓްރޭޓަރާއި ފުރޮޅުލީ ގޮނޑި ފަދަ މެޑިކަލް އިކުއިޕްމަންޓްތައް ކުއްޔަށް ހިފުމާއި ގަތުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. ވެބްސައިޓު މެދުވެރިކޮށް ވިޔަފާރި ކުރުމުން ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ.

ވެެބްސައިޓްގެ އިތުރުން މޯބައިލް އެޕްލިކޭޝަން ބޭނުން ކޮށްގެން ވެސް ފާމަސީ އެމްވީގެ ހިދުމަތް ލިބޭނެ އެވެ. މި އެޕްލިކޭޝަން އެޕްސްޓޯރުންނާއި ގޫގުލް ޕްލޭސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.

ފާމަސީ އެމްވީން ވަނީ މި ހިދުމަތް ތައާރަފު ކުރުމާ ގުޅިގެން، ބޭސް ސިޓީއަށް ނަގާ ބޭހުގެ ބާވަތްތަށް ފިޔަވައި އެހެން ހުރިހާ އުފެއްދުންތަކުން 10 ޕަސެންޓުގެ ޑިސްކައުޓް ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 10ގެ ނިޔަލަށެވެ.

ފާމަސީ އެމްވީގެ އޮފިޝަލް ޕާޓްނަރަކީ ލައިފްސަޕޯޓް ޕްރައިވެޓް ލިމިޓެޑެވެ.