Roadha Mihaaru
ހަމަލާގެ ތަހުގީގަށް ނަޝީދުގެ ފަރާތުން ޔޫކޭގެ ވަކީލެއް

ހަމަލާގެ ތަހުގީގަށް އެހީވާން ނަޝީދުގެ ފަރާތުން ޔޫކޭގެ ވަކީލަކު ހަމަޖައްސައިފި

18 އޯގަސްޓް 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް އެ މަނިކުފާނުގެ ފަރާތުން ބެއްލެވުމަށް އިނގިރޭސިވިލާތުގެ ވަކީލަކު އައްޔަން ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް އެ މަނިކުފާނުގެ ފަރާތުން ބެއްލެވުމަށް އިނގިރޭސިވިލާތުގެ ވަކީލަކު އައްޔަން ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ކަންތައްތައް ގާތުން ބައްލަވައި، އެ ތަހުގީގަށް އެހީތެރިވުމަށް ނަޝީދުގެ ފަރާތުން ކްއީންސް ކައުންސެލް އޮފް ޑައުޓީ ސްޓްރީޓް (ކިއޫސީ އޮފް ޑައުޓީ ސްޓްރީޓް) ކާސްޓީ ބްރިމިލޯ އައްޔަންކުރައްވާފައިވާ ކަމަށެވެ. ތަހުގީގާ ގުޅޭ ގޮތުން އޭނާ ކުރައްވާނެ މަަސައްކަތަކީ، މަޖިލީހުން ބުނި ގޮތުގައި ތަހުގީގަށް ހެކި އެއްކުރުމާއި ރާއްޖެ އާއި ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ތަހުގީގު ކުރިއަށް ގެންދިއުމަށް އެހީތެރިވުމެވެެ. ގާނޫނު ތަންފީޒުކުރާ ރާއްޖޭގެ އިދާރާތަކާއި ބައިނަލްއަގުވާމީ އިދާރާތަކަށް ވެސް އޭނާގެ އެކްޕަޓީސް ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

އޭނާ މަސައްކަތްކުރައްވާނީ މަޖިލީހުން ބުނިގޮތުގައި، "މަޖިލީހުގެ ރައީސާއި ރާއްޖޭގެ ޑިމޮކްރަސީ ވެސް މަރާލަން" ދިން ހަމަލާ ރާވައި ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.

ކާސްޓީ ބްރިމިލޯ އަކީ ލަންޑަންނުގެ ޑައުޓީ ސްޓްރީޓް ޗެމްބާސްގެ މެމްބަރެކެވެ. ޑައުޓީ ސްޓްރީ ޗެމްޕާސްގެ ވެބްސައިޓްގައ ބުނެފައިވާ ގޮތުން އޭނާއަކީ ވަރަށް ކުޅަދާނަ ވަކީލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ނަޝީދުގެ ފަރާތްޕުޅުން އައްޔަންކުރެއްވި ވަކީލަށް ހަރަދުކުރައްވާނީ އަމިއްލަފުޅަށް ކަމަށާއި މަޖިލީހުން އެކަމަށް ހަރަދު ނުކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކުރިން ބޭއްވި މީިޑިއާ ބްރީފިން އެއްގައި ވާހަކަަދައްކަވަނީ. އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގަށް އެހީތެރިވާން ޔޫކޭގެ ވަކީލަކު ވަނީ އައްޔަންކުރައްވާފައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކުރިން ބޭއްވި މީިޑިއާ ބްރީފިން އެއްގައި ވާހަކަަދައްކަވަނީ. އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގަށް އެހީތެރިވާން ޔޫކޭގެ ވަކީލަކު ވަނީ އައްޔަންކުރައްވާފައި.

ނަޝީދު އަަވަހާރަކޮށްލަން މިދިޔަ މޭމަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަަމަލާގައި އެ މަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވި އެވެ. ހަމަލާއަށް ފަހު ރާއްޖޭން ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް އެމަނިކުފާނު ވަޑައިގެންނެވީ ޖަރުމަނަށެވެ. އޭގެ ފަހުން މިހާރު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޯމަ ދުވަހު ފެށުމާއި އެކު ނަޝީދުގެ ޗުއްޓީ އިތުރުކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ސިޓީގައި އެމަނިކުފާނު ވިދާޅުވީ ހަމަލާއާ ގުޅުން ހުރި އެންމެން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ނުގެނެވެނީސް ރާއްޖެއަށް އެނބުރި ވަޑައިގަންނަވަން އެމަނިކުފާނާއި އާއިލާ އަދި ހެޔޮއެދޭ ފަރާތްތަކުން ވެސް ޖެހިލުންވާ ކަމަށެވެ.