ހޮނިހިރު ދުވަހު ގއ. ދާންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ އެ ސަރަހައްދުގެ ބައެއް ރަށްރަށަށް ހަށިވިއްކަން ދަތުރުކުރާ "ނެޓްވޯކެއް" ކަން އެނގިއްޖެ އެވެ.
16 އޯގަސްޓް 2021
ހޮނިހިރު ދުވަހު ގއ. ދާންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ އެ ސަރަހައްދުގެ ބައެއް ރަށްރަށަށް ހަށިވިއްކަން ދަތުރުކުރާ "ނެޓްވޯކެއް" ކަން އެނގިއްޖެ އެވެ.
ހަށިވިއްކަން ތިއްބާ ބަޔަކު ހައްޔަރުކުރީ ފުލުހުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގެއަކަށް ވަދެ އެވެ. މި މައްސަލައިގައި ޖުމްލަ ހަތް މީހަކު ހައްޔަރުކުރި އެވެ.
ހަށި ވިއްކި ކަމަށް ތުހުމަތު ކުރެވެނީ ފުވައްމުލަކު ދެ އަންހެނަކަށެވެ. އަދި އެ ދެ އަންހެނުންނާ އެކު ދަތުރު ކުރި ފިރިހެނަކު ވެސް އެކަމުގައި ބައިވެރިވެ، އެ މީހުންގެ ހަށިވިއްކުވި ކަމުގެ ތުހުމަތު ކުރެވެ އެވެ.
އެ ތިން މީހުންނަކީ އެ ސަރަހައްދުގެ ބައެއް ރަށްރަށަށް ހަށިވިއްކުމުގެ ބޭނުމުގައި ދަތުރު ކުރަމުން ދިޔަ ބައެއްކަން ވަނީ އެނގިފަ އެވެ.
ހައްޔަރުކުރި ދެ އަންހެނުންނަކީ ފުވައްމުލަކުން މީގެ ދެތިން ދުވަހެއް ކުރިން އެ ރަށު ބޯޓެއްގައި ދާންދު އަށް ދިޔަ ބައެކެވެ. އެ މީހުން ރަށަށް ފޭބީ ރޭގަނޑުގެ ވަގުތެއްގަ އެވެ.
އެ ދެ މީހުން ވަނީ ދާންދު އަށް ދިއުމުުގެ ކުރިން އެ ރަށާ ޖެހިގެން އޮންނަ ގއ. ނިލަންދު އަށް ވެސް ދަތުރުކޮށްފަ އެވެ. އަދި އެ މީހުން ރާވާފައި އޮތީ ގއ. ވިލިނގިއްޔަށް ވެސް ދާ ގޮތަށެވެ.
އެނގިފައިވާ ގޮތުގައި އެ ދެ އަންހެނުންނަކީ ފުވައްމުލަކުގައި ވެސް ހަށިވިއްކާ ކަމުގެ ތުހުމަތު ކުރެވޭ ދެ މީހުންނެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އެ ދެ އަންހެނުންނާއި އެ މީހުންނާ އެކު ދަތުރު ކުރި ފިރިހެންމީހާ އާއި "ރެޑް ހޭންޑް"ކޮށް ހައްޔަރު ކުރި ތިން ބިދޭސީންގެ އިތުރުން ދާންދު އަށް ނިސްބަތްވާ ފިރިހެނެކެވެ.
އެނގިފައިވާ ގޮތުގައި ދާންދު އަށް ނިސްބަތްވާ ފިރިހެން މީހާ އަކީ އެ ދެ އަންހެނުން ދާންދޫގައި ހަށި ވިއްކަން ތިބި ގޭގެ ވެރިފަރާތެވެ. އެކަން ކުރީ އޭނާ ބައިވެރިވެގެން ކަމަށް ތުހުމަތު ކުރެ އެވެ.
މި ހަތް މީހުން ވެސް ބަންދަށް ވިލިނގިއްޔަށް ގެންގޮސްފައިވާއިރު، ފުލުހުން ބުނެފައި ވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
ހަށިވިއްކުމުގެ ތުހުމަތުގައި ރަސްދޫން 3 މީހުން ހައްޔަރު
ފޭދޫގެ ސްޕާއަކުން ފަސް މީހުން ހައްޔަރުކޮށްފި
ހަށިވިއްކާ ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް
ޖަރީމާ ހިންގި ޓެލެގްރާމް ޗެނަލްގެ އަޑީގައި ދެމަފިރިން
ކްލިނިކުގައި ހަށިވިއްކި މީހުން ބަންދަށް
ކްލިނިކެއްގައި ހަށިވިއްކަނިކޮށް ހައްޔަރުކޮށްފި
ހަށިވިއްކާ ތަނަކުން އަތުލައިގަތް ފައިސާތައް ދޭންޖެހިއްޖެ
ހަށިވިއްކުމުގެ ވިޔަފާރީގެ ބޮޑެއް ހައްޔަރުކޮށްފި
ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހޯދައިފި