Roadha Mihaaru
ރާއްޖެ އައި މީހެއްގެ އަތުގައި 15 މިލިއަންގެ ޑްރަގް

ބްރެޒިލް މީހަކު ރާއްޖެއަށް 15 މިލިއަން ރުފިޔާގެ ޑްރަގް އެތެރެކުރަން އުޅެފި

14 އޯގަސްޓް 2021

ބްރެޒިލް މީހަކު ރާއްޖެ އެތެރެކުރަން އުޅުނު 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްރެޒިލް މީހަކު ރާއްޖެ އެތެރެކުރަން އުޅުނު 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސުން ބުނީ މަސްތުވާތަކެތި އެތެރެކުރީ އިއްޔެ މެންދުރު ރާއްޖެ އައި ބްރެޒިލްގެ 31 އަހަރުގެ އަންހެނަކު ކަމަށެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުވާތީ އޭނާގެ ލަޖެގްތައް ކަސްޓަމްސް އިން ޗެކް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އެ ލަގެޖުން ވަނީ ފެނިފަ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެ ތަކެތީގެ ބަރުދަން ތިން ކިލޯއަށް ވުރެ ގިނަ އެވެ. އޭގެ މަގުމަތީ އަގު 15 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އެ މީހާ ފުލުހުންނާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފަހަކަށް އައިސް އަތުލައިގެންފައިވެ އެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު، 100،000ރ. އިން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަަނާ ކުރެވޭ ކުށެކެވެ.