Roadha Mihaaru
ރާއްޖެ ގެނައި 13 މިލިއަން ރުފިޔާގެ ޑްރަގް ހޯދައިފި

ރާއްޖެ ގެނައި 13 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

11 މާޗް 2022

ކޮރިއާ އަކުން ރާއްޖެ އެތެރެކުރި 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮރިއާ އަކުން ރާއްޖެ އެތެރެކުރި 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފި އެވެ.

ކަސްޓަމްސުން ބުނީ މިމަހު ރާއްޖެ ގެނައި ދެ ޕާރުސަލެއްގެ ތެރެއިން 3.3 ކިލޯގެ މަސްތުވާތަކެތި ފެނިފައިިވާ ކަމަށެވެ. އެއީ ބައި ކިލޯއަށް ވުރެ އެމްޑީއެމްއޭ އާއި ބައި ކިލޯގެ މެފެޑްރޯންގެ އިތުރުން ދެވަނަ ޕާރުސަލުން ފެނުނު 2.2 ކިލޯގެ ކޮކެއިންނެވެ.

ކަސްޓަމްސުން ބުނިގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު 12.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ކަސްޓަމްސުން ނުބުނެ އެވެ.

އެ މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާއިރު، މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ޚާއްސަ ސްޕެެޝަލް ޓެކްޓިކަލް ޓީމެއް އުފައްދައި، މާލެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ކަސްޓަމްސުން ބުންޏެވެ.