ސޮނީ ހާޑްވެއާ އިން ވިޔަފާރިކުރާ ކަސްޓަމަރުންގެ ބިލްތަކަށް އަރާ ޖުމުލަ އަދަދު އަނބުރާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
12 އޯގަސްޓް 2021
ސޮނީ ހާޑްވެއާ އިން ވިޔަފާރިކުރާ ކަސްޓަމަރުންގެ ބިލްތަކަށް އަރާ ޖުމުލަ އަދަދު އަނބުރާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ބިލްހިލޭ ޕްރޮމޯޝަން" ގެ ނަމުގައި، ވަރަށް ތަފާތު ގޮތަކަށް ފެށި މި ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
ސޮނީ ހާޑްވެއާގެ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއެއްގެ ގުރުއަތުން ހޮވޭ ހަތަރު މީހެއްގެ ބިލަށް އަރާފައިވާ ފައިސާގެ ޖުމުލަ އަދަދު މި ޕްރޮމޯޝަންގައި އެ މީހަކަށް އަނބުރާ ދޭނެ އެވެ. އެގޮތުން 300ރ. އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހިލޭ ކޫޕަނެއް ލިބޭނެ އެވެ.
ގިނަ އަދަދެއްގެ ވިޔަފާރި ކުރާ މީހުންނަށް ގިނަ ކޫޕަން ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހު ބާއްވާއިރު، ސޮނީ ހާޑްވެއާގެ ފޭސްބުކް ޕޭޖް، އިންސްޓަގްރާމް ޕޭޖް، އަދި ވެބްސައިޓްގައި ކޮންމެ ހޮނިހިރު ދުވަހަކު އެ މީހުންގެ މައުލޫމާތު ހާމަކުރާނެ އެވެ.
"ބިލްހިލޭ" ޕްރޮމޯޝަން ހިންގުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ ހިޔާ ފްލެޓް ލިބިފައިވާ ކަސްޓަމަރުންނަށް ވީހާ ވެސް ރަނގަޅު ފުރުސަތުތަކެއް ހަމަޖައްސައި ދިނުމެވެ. ސޮނީ ހާޑްވެއާ އިން ހިޔާ ފްލެޓަށް ބޭނުންވާ ހުރިހާ ސާމާނެއް ވަރަށް ރަނގަޅު އަގުތަކުގައި ލިބޭނެ ކަމަށް އެ ފިހާރަ އިން ބުނެ އެވެ.
ސޮނީ ހާޑްވެއާގެ "ރެޑް ސޭލް" މާދަމާ
ސޮނީ ހާޑްވެއާގެ "ރޯދަ ބާޒާރު" ފަށައިފި
ސޮނީ ހާޑްވެއާގެ ރޯދަ ބާޒާރުން %50 ޑިސްކައުންޓް
އުރީދޫގެ އުމްރާ ދަތުރުގެ 7 ވަނަ ނަސީބުވެރިޔާ ހޮވައިފި
އެސްޓީއޯ "މެގަ ސޭލް"ގައި އަގުހުރި އިނާމުތަކެއް
ދިވެހީންނަށް ސްޕޯޓްސް އިންޖަރީގެ ދުނިޔޭގެ ފެންވަރުގެ ފަރުވާ
ސޮނީ ހާޑްވެއާއިން ކުޑަގިރީގައި ގަސް އިންދައިފި
ކޮސްމޯ ބައި އެކްސްކޯގައި ބޮޑު ކްލިއަރެންސް ސޭލެއް
"ސަނީ ސަޓަޑޭ" ޕްރޮމޯޝަން އަންނަ ހޮނިހިރު ދުވަހު
ޖޫސްޕެޓީއަކުން އުފަންވި "ޕެޓީސް" ފެކްޓްރީއަކަށް