18 އެޕްރީލް 2018
ސޮނީ ހާޑްވެއާ އިން ރޯދަ މަހާ ދިމާކޮށް، 50 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭ ގޮތަށް "ރޯދަ ބާޒާރު"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ސޮނީ ހާޑްވެއާ އިން ރޯދަ މަހާ ދިމާކޮށް، 50 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭ ގޮތަށް "ރޯދަ ބާޒާރު"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000ރ.ގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ. ގުރު ނެގުން އޮންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:30 ގައި، ސޮނީ ހާޑްވެއާ ޖަނަވަރީ މަގު ފިހާރައިގަ އެވެ.
ދަ ސީން އާއި ސޮނީ ހާޑްވެއާގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ މީހާގެ މައުލޫމާތު، ކޮންމެ ދުވަހަކު ވެސް ސޮނީ ހާޑްވެއާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖް މެދުވެރިކޮށް ހާމަ ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ޕްރޮމޯޝަނަށް ޚާއްސަ ކޮށްގެން ފްރާންސްގެ މަޝްހޫރު ޓިފަލް އަދި މޮލިނެކްސް ބްރޭންޑްގެ ސާމާނު ގެނެސްފައިވާ ކަމަށް ސޮނީ ހާޑްވެއާ އިން ބުނެ އެވެ. އަދި ޕްރޮމޯޝަނުގައި އެ ބްރޭންޑްތަކުގެ ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނާއި، ލައިޓިން އާއި ތަށިމުށި، ޚާއްސަ އަގުތަކުގައި ވިއްކާނެ އެވެ.
ސޮނީ ހާޑްވެއާ އަކީ އިމާރާތް ކުރުމުގެ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖޭގައި ވިއްކުމާއި، ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ލީޑިން ކުންފުންޏެކެވެ.
އެގޮތުން ސޮނީ ހާޑްވެއާ އިން އަންނަނީ ޔޫރަޕްގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އޮސްރާމް، ޖޮސެފް ޖޮސެފް، ލައިފައިޓް، ބްރަބާންޝިއާ އަދި އެމެރިކާގެ މަސްހޫރު ކޮރޭލް ބްރޭންޑްގެ ސާމާނު ރާއްޖޭގައި ވިއްކަމުންނެވެ.
ސޮނީ ހާޑްވެއާގެ "ރެޑް ސޭލް" މާދަމާ
ސޮނީ ހާޑްވެއާ އިން ތަފާތު ޕްރޮމޯޝަނެއް!
ސޮނީ ހާޑްވެއާގެ "ރޯދަ ބާޒާރު" ފަށައިފި
ލަންކާގެ ޕްރިމިއަމް ރެވެލޯ ޗޮކްލެޓް ރާއްޖޭގެ މާކެޓަށް
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލަން ހާއްސަ އިވެންޓެއް
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ކޮކާ ފިޝް: ބޭނުން ވައްތަރެއްގެ މަހެއް ސީދާ ގެއަށް
ސޮނީ އިން "އިންގްކޯ" ބްރޭންޑުގެ ޓޫލްތައް މާކެޓަށް