12 އޯގަސްޓް 2021
ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، އަލަށް ހުވާކުރާ ކައުންސިލަރުން މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވައިލަން މަޖުބޫރު ކޮށްފައި އޮތަސް، ކޮވިޑުގެ ހާލަތާ ގުޅިގެން އެ މުއްދަތު އިތުރުކޮށްފި އެވެ.
ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، އަލަށް ހުވާކުރާ ކައުންސިލަރުން މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވައިލަން މަޖުބޫރު ކޮށްފައި އޮތަސް، ކޮވިޑުގެ ހާލަތާ ގުޅިގެން އެ މުއްދަތު އިތުރުކޮށްފި އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު ސޮއިކުރައްވައި ކައުންސިލްތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތިން ތަރައްގީގެ ޕްލޭނު އެކުލަވައިލަން ޖެހޭނީ ރަށުގެ ރައްޔިތުންނާއި ކަމާ ގުޅޭ އެންމެންގެ މަޝްވަރާ އާއި އެ މީހުންގެ ހިޔާލު ހިމަނައިގެން ކަމަށް ވިޔަސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެ ކަމަށް ހާލަތު ތަން ދީފައި ނެތް ކަމަށެވެ.
ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް، ލޮކްޑައުން ކުރުމާއި އަތޮޅު ތެރެއިން ވެސް އެ ބަލި ފެނި، ގިނަ ރަށްތަކެއް މޮނިޓަރިން އަށް ލުމާ ގުޅިގެން އެފަދަ ބައްދަލުވުންތައް ބޭއްވޭ ފަދަ މާހައުލެއް ނެތުމުން، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކަށް ޕްލޭނު ނިންމުމަށް ކައުންސިލްތަކަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އެ ސިޓީގައި އެލްޖީއޭގެ ރައީސް ވިދާޅުވި އެވެ.
ގާނޫނަށް ގެނައި ބަދަލުތަކުގެ ދަށުން ފުރަތަމަ ފަހަރަށް އިންތިހާބުކުރި ކައުންސިލަރުން ހުވާ ކުރެއްވީ މި އަހަރުގެ މޭ 17 ގަ އެވެ. ލާމަރުކަޒީ ގާނޫނަށް ފަހުން ގެނައި އިސްލާހުގައިވާ ގޮތުން، ތިން މަސް ދުވަހުގެ ތެރޭގައި ރަށުގެ ތަރައްގީގެ ޕްލޭން ނިންމަންޖެހޭނެ އެވެ. އެ މުއްދަތު މިިދިޔަ އޮގަސްޓު 17 ގައި ވަނީ ހަމަވެފަ އެވެ.
"ދަންނަވަމެވެ. އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ގާނޫނުގައި ވަކި މުއްދަތެއް/ތާރީހެއް ކަނޑައަޅާފައިވާ މުއްދަތުތައް މަޑުޖެއްސުމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ނިމުމަކަށް އައުމުން ގާނޫނުތަކުން ދީފައިވާ ޑެޑްލައިންތައް ގުނަން ފެށޭނެ ކަމުގައި ވެސް ބަޔާންކޮށްފައި ވެ އެވެ،" ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނަށް ފޮނުވި ސިޓީގައި ވެ އެވެ.
އެލްޖީއޭގެ ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އާއި އެ އޮތޯރިޓީގެ މަޝްވަރާގެ މަތިން އެ ގާނޫނުގައި ކައުންސިލްތަކުން ވަކި ތާރީހުތަކަކަށް ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް އިތުރު މުއްދަތުތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ތަރައްގީގެ ޕްލޭނު އެކުލަވާލައި ހުށަހަޅަންޖެހޭ މުއްދަތު ވެސް އިތުރު ކޮށްފައިވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީ އެންމެ ބޮޑެތި ރަށްތައް އެއް މޭޒަކަށް!
އެލްޖީއޭ ވާނީ ކައުންސިލްތަކުގެ ގާތް ރަހުމަތްތެރިއަކަށް!
ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު: އެލްޖީއޭ
ކައުންސިލަށް އަވަހަށް މާލީ އެހީ ޖަމާކޮށްދޭން އެދިއްޖެ
ފައިސާ ނުދައްކާ މީހުންގެ އާއިލާތަކަށް ހިދުމަތް ނުލިބޭނެ
ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން އެދިއްޖެ
ވިއަވަތި ކޮންފަރެންސްގެ ނަތީޖާއާ މެދު ރައީސްގެ ހިތްހަމަޖެހުން
އެލްޖީއޭއާ މެދު ދެކޭގޮތް ބަދަލުވާންޖެހޭ: އަފްޝަން
58 ކައުންސިލަކަށް އަދިވެސް އެސްޖީން ނުލިބޭ
ކައުންސިލުން ލޯނު ނަގާ އިސްލާހަށް ކަންބޮޑުވުންތަކެއް