12 އޯގަސްޓް 2021
ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަަވަަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުންތަކަށް އެ ޕާޓީގެ އިސް ބޭފުޅުން ދެއްވާ ސަމާލުކަން ކުޑަވެގެން ގައުމީ މަޖިލީހުގެ ބައެއްް މެމްބަރުން ރޭ ޝަކުވާ ކުރައްވައިފި އެވެ.
ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަަވަަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުންތަކަށް އެ ޕާޓީގެ އިސް ބޭފުޅުން ދެއްވާ ސަމާލުކަން ކުޑަވެގެން ގައުމީ މަޖިލީހުގެ ބައެއްް މެމްބަރުން ރޭ ޝަކުވާ ކުރައްވައިފި އެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ބެހޭ މައުލޫމާތު އެއްކުރާ "މޭ ހައެއް ކޮމިޓީ" އަށް ލިބިފައިވާ މައުލޫމާތު ހިއްސާކުރުމަށާއި އެ ކޮމިޓީގެ މެމްބަރުންނާ ސުވާލުކުރަން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައެއް ބޭފުޅުން އެ ޝަކުވާ ކުރެއްވިއިރު، އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިަގަތީ ވެސް އެ މަޖިލީހުގެ 148 މެމްބަރުންގެ ތެރެއިން އެންމެ 38 ބޭފުޅެކެވެ.
ރޭގެ ޖަލްސާ އަށް މެމްބަރުން ހުށަހެޅުއްވި ބައެއް ކަންކަމަށް ވޯޓަށް އަހަން ތައްޔާރުވި އިރު ތިއްބެވީ 38 މެމްބަރުން ކަމަށް ޗެެއާޕާސަން ހަސަން ލަތީފު ވިދާޅުވި އެވެ. އެކަމަކު، އެ ވަގުތު ވޯޓަށް އެއްސެވުމުގެ ބަދަލުގައި ހަސަން ވިދާޅުވީ، ވޯޓުގެ ކުރިން މިނިޓެއް ހާއިރު ބޭނުންވާ ކަަމަށެވެ. އެ އަށް ފަހު އަނެއްކާވެސް ކޮމިޓީ އަށް ފުރުސަތު ދެއްވައި، ވިދާޅުވީ ޖަލްސާގައި ތިއްބެވީ 35 މެމްބަރުން ކަމަށެވެ. އެއީ ގައުމީ މަޖިލީހުގެ ކޯރަމް ހަމަވާ ވަރަށް ވުރެ ވެސް ދަށް އަދަދެކެވެ. ކޯރަމަކީ 37 އެވެ.
ޖަލްސާ އަށް ކަނޑައެޅި ވަގުތު ވެސް ހަމަވި ފަހުން، ވޯޓަށް އަހަން ބެލި އިރު އޮތީ މައިގަނޑު ދެ ހުށަހެޅުމެކެވެ. އެއީ ގައުމީ މަޖިލީހުގެ ޖަލްސާއަކުން ފާސްނުކުރިޔަސް ކުރިއަށް ގެންދެވޭނެ ކަންކަމެވެ. އެގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަަހަޅުއްވާފައި އޮތީ ބައްދަލުވުންތައް ޒޫމް މެދުވެރިކޮށް ބޭއްވުމުގެ ބަދަލުގައި ތަނަކަށް ހާޒިރުވެގެން ކުރިއަށް ގެންދިއުމަށެވެ. މޭ ހައެއް ކޮމިޓީން އެމްޑީޕީގެ ހަރުގޭގައި ޕާޓީގެ މެމްބަރުންނަށް މައުލޫމާތު ދޭން މަހަކު ދެ ފަހަރު ބައްދަލުވުން ބާއްވަން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހުށަހެޅުއްވި ހުށަހެޅުއްވުމެއް ވެސް އޮތެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ ބައްދަލުވުމެއްގެ ރިޔާސަތު، ޗެއާޕާސަން ހަސަން ބަލަހައްޓަވަނީ.---ފައިލް ފޮޓޯ: މިހާރު
ވޯޓަށް އެހުމުގެ ކުރިން، ކޮމިޓީ އަށް ވަގުތު ދިނުމަށް ފަހު ހަސަން ވިދާޅުވީ ވޯޓަށް އެހޭ ވަރުގެ ކޯރަމެއް އެ ވަގުތު ނެތް ކަމަށެވެ. އޭރު ތިއްބެވީ 34 މެމްބަރުން ކަމަށް ވިދާޅުވެ އޭނާ އަނެއްކާ ވެސް ފުރުސަތު ދެއްވީ ކޮމިޓީގެ މެމްބަރުން ވާހަކަ ދެއްކެވުމަށެވެ.
ޖަލްސާގައި ބައިވެރިވި މެމްބަރުން މަދުވެގެން ޝަކުވާ ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ގައުމީ މަޖިލީހުގެ އެފަދަ މުހިއްމު ބައްދަލުވުންތަކަށް، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުން ވަޑައިގެންނެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ބައްދަލުވުންތަކުގައި މިނިސްޓަރުން ބައިވެރިވެވަޑައިނުގަންނަވާތީ އޭނާ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.
"އަދި ތަކުރާރުކޮށް ބާއްވަމުން މިދާ ގައުމީ މަޖިލިސް ބައްދަލުވުންތަކުގައި ކެބިނެޓް މިނިސްޓަރުންގެ އެއްވެސް ބައިވެރިވުމެއް ނޯންނަކަން، އެެއީ އަޅުގަނޑު ހަމަ ހިތާމައާ އެކު ފާހަގަަކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ބައްދަލުވުންތަކުގައި މިނިސްޓަރުން ބައިވެރިވެވަޑައިނުގަންވަނީ ކީއްވެތޯ، ޗެއާޕާސަން ހަސަަން ލަތީފު ސާފުކުރެއްވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވެސް ވިދާޅުވީ މީކާއީލްގެ އެ ކަންބޮޑުވުމަކީ އޭނާގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައެއް ވަޒީރުން އަދި މަޖިލީހުގެ ބައެއް މެމްބަރުން.---ފައިލް ފޮޓޯ: މިހާރު
ހަލީމް ތުހުމަތު ކުރެއްވި ގޮތުގައި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވާ މެމްބަރުންގެ އަދަދު މަދުކުރަނީ ގަސްދުގައި ބަޔަކު ރާވައިގެންނެވެ. އެގޮތަށް އެކަން ކުރީ ނަޝީދަކީ އެމްޑީޕީ އަށާއި ގައުމަށް ވެސް މިހާރު ބޭނުން ބޭފުޅެއް ނޫން ކަމަށް މީހުންނަށް ވިސްނައިދޭން ވެގެން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"އޭގެ ނަތީޖާ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ ތަހުގީގުގައި ވެސް މި ފެނިގެން ދަނީ. އެމްޑީޕީީގެ ގައުމީ މަޖިލީހުން މިކަން ކުރަން ބޭނުން ނުވަންޏާ ދެން ކޮން ބައެއްތޯ މިކަން ރަނގަޅަށް ކުރަން ބޭނުން ވެގެން އުޅޭނީ؟" ނަޝީދާ ގާތް ގުޅުމެއް ބާއްވަވާ ހަލީމް ވިދާޅުވި އެވެ.
ނަޝީދަށް ދިން ހަމަލާގެ ސީރިއަސްކަމެއް ނެތްކަން އާންމުންނަށާއި މުއައްސަސާތަކަށް ދައްކަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަލީމް ތުހުމަތުކުރެއްވި ގޮތުގައި އެގޮތަށް މަސައްކަތްކުރައްވާ މެމްބަރުންގެ ބޭނުމަކީ ނަޝީދަށް ދިން ހަމަލާގެ މައްސަލައަކީ "ޕާޓީއަށް ވަރިހަމަ ކަމެއް ކަން" ދެއްކުމެވެ.
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު
ރާއްޖެ މިއައީ ތިން ދުވަހުން ފުރާކަށް ނޫން: ނަޝީދު
ނަޝީދުގެ "އެނބުރި އައުން" ފެންނަ ވީޑިއޯއެއް
މިވަގުތު ރާއްޖެ ދެވޭކަށް ނެތް: ނަޝީދު
ނަޝީދު ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް: އިކްރާމް
ނަޝީދާ މެދު އަމަލުކުރާ ގޮތުން އިންތިގެ ކަންބޮޑުވުން
"މޮނިކޮން ޓެގު" ހުސްވެއްޖެ
މަދު މެމްބަރުންތަކެއްގެ ވޯޓާއެކު، ގަރާރު ފާސްކޮށްފި
ހަރުކަށި ފިކުރާ ދެކޮޅަށް ނަޝީދުގެ ވަރުގަދަ މެސެޖެއް!
އެމްޑީޕީން ފިލާތިބެން ލަދުގަންނަން ޖެހޭނެ: އާދަމް