Roadha Mihaaru
އެމްޑީޕީން ފިލާތިބެން ލަދުގަންނަން ޖެހޭނެ: އާދަމް

ނަޝީދަށް މިވަރުގެ ކަމެއް ދިމާވުމުން އެމްޑީޕީގެ މެމްބަރުން ފިލާތިބެން ލަދުގަންނަން ޖެހޭނެ: އާދަމް ޝަރީފް

06 ޖުލައި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުން އެ ޕާޓީގެ މެމްބަަރުން ފިލައި ތިބުމަކީ ލަދުވެތިވާން ޖެހޭނެ ކަމަށް ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު އެމްޑީޕީ އަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުން އެ ޕާޓީގެ މެމްބަަރުން ފިލައި ތިބުމަކީ ލަދުވެތިވާން ޖެހޭނެ ކަމަށް ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު އެމްޑީޕީ އަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އިތުރަށް ހަރުކަށިކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް، މަޖިލީހުގެ ޖަލްސާގައި ކުރި ބަހުސްގައި އާދަމް ޝަރީފު ވިދާޅުވީ ނަޝީދަށް ދިން ހަމަލާއަށް ފަހު، އެ މަނިކުފާނަށް އިންސާފު ހޯދައިދޭން ކުރީ ކޮންކަމެއްތޯ ސުވާލުކޮށްލަން ޖެހޭ ކަމަށެވެ. އެ ހަމަލާއަށް ފަހު ނަޝީދުގެ ހާލު ސަރުކާރުން ބެލީ ކިހާވަރަކަށްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު ހިތުން، އެމްޑީޕީގެ މެމްބަރުން ވެސް މިއަދު މިތަނުގައި ލަދުގަންނަން ޖެހޭނެ، ރައީސް ނަޝީދަށް އެވަރުގެ އަނިޔާއެއް ދިނީމާ، އެމްޑީޕީގެ ހުރިހާ އެންމެ ގެއަށް ވަދެ، ހޮރަށް ވަދެ ފިލައި މިއަދު އެތިބި ތިބު[މާމެދު]،" އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެރަރިޒަމްގެ ވާހަކަ ދައްކަން އެމްޑީޕީން މިހާރު ލަދުގަންނަން ޖެހޭނެ ކަމަށެވެ. ރާއްޖޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ މީހުން އުފައްދަން އެއްވެސް ބަޔަކު މަސައްކަތްކުރާ ނަމަ، އެ ބަޔަކު ވެސް ތިބީ ސަރުކާރުގައި ކަަމަށާއި އެކަން ސަރުކާރުގައި ތިބި ގިނަ މީހުން ވެސް ގަބޫލުކުރާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

އަޅުގަނޑުހިތުން، އެމްޑީޕީގެ މެމްބަރުން ވެސް މިއަދު މިތަނުގައި ލަދުގަންނަން ޖެހޭނެ، ރައީސް ނަޝީދަށް އެވަރުގެ އަނިޔާއެއް ދިނީމާ، އެމްޑީޕީގެ ހުރިހާ އެންމެ ގެއަށްވަދެ، ހޮރަށް ވަދެ ފިލާ މިއަދު އެތިބި ތިބުމާ މެދު--- އާދަމް ޝަރީފް

"އެހެންވީމާ މިއަދަކު ރައްޔިތުންގެ މަޖުލިސްގައި އަޅުގަނޑުމެން ތިބެގެންނެއް ވެސް އެމްޑީޕީގެ މެމްބަރުން މާ ބާރަކަށް ޓެރަރިޒަމްގެ ވާހަކަ ދައްކަވާނެ ކަމެއް ނެތް،" އާދަމް ޝަރީފު ވިދާޅުވި އެވެެ.

އޭނާ ވިދާޅުވިގޮތުގައި ޓެރަރިޒަމް މަނާކުރުމަށްޓަކައި ރާއްޖޭގައި ގާނޫނުތައް ހަރުދަނާކޮށް، އުސޫލުތައް ވަރުގަދަކުރަން ޖެހެ އެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދީނީ ހަރުކަށިފިިކުރާއި ޓެރަރިޒަމްގެ މީހުން ވާނީ މަދުތޯ ނުވަތަ ގިނަތޯ ސުވާލު އުފެދޭ ކަމަށް ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ ފިކުރުތައް ނައްތައިިލުމަށް އެހެން ގައުމުތަކުގައި މިހާރު ގެންގުޅެނީ މަޑުމައިތިރި، ހިކުމަތްތެރި އުސޫލުތަކެއް ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.

"ޓެރަރިޒަމް ހުއްޓުވަން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންނަށް ފެންނަނީ ކަނޑައެެޅިގެން ޖަދަލުކުރުމާއި ޖެންސުން ކުރުމާއި މީހުން ރުޅިއެރުވުމަށް މަސައްކަތްކުރާތަން،" އޭނާ ވިދާޅުވި އެވެ.

އެގޮތަށް މަސައްކަތްކޮށްގެން ޓެރަރިޒަމާއި ހަރުކަށި ފިކުރު ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ އެ ސިޔާސަތު ބަދަލުކުރަން އާދަމް ޝަރީފް ގޮވައިލެއްވި އެވެ.