13 އޯގަސްޓް 2021
ކުރިން އެކީގައި މަސައްކަތްކޮށްފައިވާ ސަނީ ޑިއޯލް އާއި ޕޫޖާ ބަޓް އެތައް އަހަރެއް ފަހުން އެކީގައި ފިލްމެއްގެ މަސައްކަތްކުރަން ތައްޔާރުވެއްޖެ އެވެ.
ކުރިން އެކީގައި މަސައްކަތްކޮށްފައިވާ ސަނީ ޑިއޯލް އާއި ޕޫޖާ ބަޓް އެތައް އަހަރެއް ފަހުން އެކީގައި ފިލްމެއްގެ މަސައްކަތްކުރަން ތައްޔާރުވެއްޖެ އެވެ.
ދެ ތަރިން ސޮއިކުރި އާ ފިލްމަކީ ޑައިރެކްޓަރު އާރް ބަލްކީގެ އާ ފިލްމެކެވެ. ސަނީ އާއި ޕޫޖާ 1995 ގެ "އަންގްރަކްޝަކް" ކުޅުނެވެ. އަދި 1997 ގެ "ބޯޑާ" ގެ ކާސްޓްގައި ވެސް މި ދެ ތަރިން ހިމެނެ އެވެ.
ބަލްކީގެ ތުރިލާގެ ވާހަކަ މީގެ ދުވަސްތަކެއް ކުރިން ދެކުވުނީ އޭގެ ކާސްޓްގައި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލު ދަލްގޫރް ސަލްމާން ހިމެނޭނެ ވާހަކައާ އެކީގަ އެވެ. އޭނާ އަކީ ސޯނަމް ކަޕޫރްގެ 2019 ގެ ފިލްމު "ދަ ޒޯޔާ ފެކްޓާ" ގެ ބަތަލެވެ.
ބަލްކާކީގެ އާ ފިލްމުގެ ކާސްޓުން ފައިލްކޮށް، ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މި ތުރިލާ އަކީ މައިގަނޑު ހަތަރު ކެރެކްޓާއަކަށް ބިނާވާ އެއްޗެކެވެ. އެއީ ސަނީ އާއި ޕޫޖާ އާއި ދަލްގޫރްގެ އިތުރުން އަރަމުން އަންނަ ޒުވާން ބަތަލާ ޝްރެޔާ ދަންވަންތަރީ އެވެ. ޝްރެޔާ އަކީ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ދަ ފެމިލީ މޭން" އާއި ސޮނީ ލިވް އެޕްގެ ސީރީޒް "ސްކޭމް 1992" ގައި މޮޅު އެކްޓިންއެއް ދެއްކި ބަތަލާ އެވެ.
ބާލްކީ ބުނީ އޭނާ މުޅިން އަލަށް ތުރިލާ ޖޯންރާގެ ފިލްމެއް ހަދަން ނިންމި އިރު، ނަން އަދި އިއުލާން ނުކުރާ ފިލްމަށް ނެގި ކާސްޓާ އެކު، އެއަށް ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދެވޭނެ ކަމަށެވެ.
"މި ފިލްމަކީ އަހަރެން ހަދަން ހިތުލައިގެން އުޅޭތާ ދުވަސްތަކެއްވީ ފިލްމެއް. އެކަމަކު މޫގެ ކުރިން ތުރިލާއެއް ހަދާފައި ނެތީ، ފުދޭ ވަރަކަށް ވަގުތު ނަގަން ސްކްރީންޕްލޭގެ މަސައްކަތަށް." އިންގްލިޝް ވިންގްލިޝް އާއި ޑިއާ ޒިންދަގީ ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ގޯރީ ޝިންޑޭގެ ފިރިމީހާ ބުންޏެވެ.
ބަލްކީ ބުނި ގޮތުގައި ފިލްމުގެ މަސައްކަތަށް މިހާރު ތައްޔާރުވީ ބޭނުންވި ވަރަށް ސްކްރީންޕްލޭ ފުރިހަމަކުރެވުމުން ކަމަށެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ އަކްޝޭގެ 2018 ގެ "ޕެޑްމޭން" އެވެ.
ބަލްކީ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ކަރީނާ ކަޕޫރާއި އަރުޖުން ކަޕޫރްގެ "ކީ އެންޑް" އާއި އަމީތާބް ބައްޗަނާއި އަބީޝެކްގެ "ޕާ" އާއި އަމީތާބާއި ދަނޫޝްގެ "ޝަމީތާބް" އަދި އަމީތާބާއި ތައްބޫގެ "ޗީނީ ކަމް" ހިމެނެ އެވެ.
ބަލްކީގެ އާ ފިލްމު އަންނަ އަހަރުގެ ކުރީކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.
ސަނީގެ އާ ފިލްމު އޮތީ ކުރީގެ ތަރިއަކަށް ބިނާކޮށްފައި
"ގަދަރު 2" ގެ ޝޫޓިންގައި ސަނީ ބިޒީކޮށް
ރަޖީވް އެނބުރި އަންނަ ފިލްމުގައި ސަލްމާން
ސަނީގެ ދަރިފުޅުގެ ދެވަނަ ފިލްމު އަންނަ މަހު
އަމީޝާ އެނބުރި އަންނަން ރަނގަޅު ފެށުމެއް
ސަނީގެ "ގަދަރު 2" އަންނަ އަހަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަނީގެ ދަރިފުޅު ދެވަނަ ފިލްމުގެ މަސައްކަތުގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގައި މަޝްހޫރު ދެބެއިންގެ ޓީމުތައް