11 ސެޕްޓެމްބަރ 2021
ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.
ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.
ވަރުން ދަވަން ވެސް ފެންނަ މި ލަވަ އަކީ ފޯރިގަދަ ސެލެބްރޭޝަނެއް ދައްކުވައިދޭ ލަވައެކެވެ. "ވިގާނާހަތުރާ" ގެ ނަން ދީފައިވާ ލަވައިން ވަރުންގެ އިތުރުން ސަލްމާނާއި "އަންތިމް" ގެ ކާސްޓްގައި ހިމެނޭ އާޔޫޝް ޝަރުމާ ވެސް ފެނެ އެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ މި ފިލްމަކީ އެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "އަންތިމް" އަކީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
ފިލްމު ރިލީޒްކުރާނެ އިރެއް އަދި އިއުލާން ނުކުރިޔަސް މި އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދިނުމުގެ ފުރުސަތު ބޮޑެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މެއިގައި ރިލީޒްކުރި "ރާދޭ" އެވެ.
ދީޕިކާ ޕަދްކޯނާއި އަމީތާބް ބައްޗަން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމު ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމޭކްގެ ރޯލަކަށް ނީނާ ގުޕްތާ ވެސް ސޮއިކޮށްފި އެވެ.
މި ފިލްމަށް އޭނާ ސޮއިކުރި އިރު، އަމީތާބާ އެކު ޑައިރެކްޓަރު ވިކާސް ބާލް ގެނެސްދޭން ހަމަޖެހިފައިވާ "ގުޑްބާއި" ގެ ރޯލަކުން ވެސް ނީނާ ފެންނާނެ އެވެ. "ދި އިންޓާން" އަށް ނީނާ ސޮއިކުރި އިރު، މި ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ މި ފަހުން ނީނާގެ ވިދުން ގަދަކޮށްދިން 2018 ގެ ފިލްމު "ބަދާއީ ހޯ" ގެ ޑައިރެކްޓަރު އަމިތު ޝަރުމާ އެވެ. އެ ފިލްމަކީ ނީނާ އަށް އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ފިލްމުފެއާ އެވޯޑް ވެސް ލިބުނު ފިލްމެކެވެ.
"ދި އިންޓާން" ގެ މަސައްކަތް އަމިތު ފަށާނީ މިހާރު މަސައްކަތްކުރަމުން އަންނަ އަޖޭ ދޭވްގަންގެ "މައިދާން" ނިންމައިލުމަށް ފަހު އެވެ.
ނީނާ، 62، އަކީ މި ވަގުތު ބޮލީވުޑްގެ ދުވަސްވީ ބަތަލާއިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު ބަތަލާ އެވެ.
ޑައިރެކްޓަރު އާރް ބަލްކީގެ ކުރިއަށް ތުރިލާގެ ކާސްޓަށް ނެގި ސަނީ ޑިއޯލް އަނެއްކާ ވެސް އޭނާގެ އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ދެ މީހުން އެކީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ދެވަނަ ފިލްމަކީ ފެމިލީ ޑްރާމާއެކެވެ. ނަން އަދި ހާމަނުކުރާ ފިލްމުގެ ކާސްޓްގައި ސަލްމާނާ އެކު 1991 ގެ "ލަވް" ކުޅުނު ބަތަލާ ރިވަތީ އާއި އެކްޓަރު ކަމަލް ހަސަންގެ ދޮށީ ދަރިފުޅު ޝްރޫތީ ހަސަން ހިމެނެ އެވެ.
މީޑިއާތަކުން ބުނީ މި ފިލްމުގައި ސަނީ އާއި ރިވަތީ އަކީ ދެމަފިރިން ކަމަށާއި އެ މީހުންގެ ދަރިފުޅަކީ ޝްރޫތީ ކަމަށެވެ.
ސަނީއާ އެކު ބަލްކީ ހަދަން ނިންމި ފުރަތަމަ ފިލްމުގެ ކާސްޓްގައި ޕޫޖާ ބަޓާއި ދެކުނުގެ އެކްޓަރު ދަލްގޫރް ސަލްމާންގެ އިތުރުން ޝްރެޔާ ދަންވަންތަރީ ވެސް ހިމެނެ އެވެ. މި ފިލްމުގެ ނަން ވެސް އަދި އިއުލާނެއް ނުކުރެ އެވެ.
ޕޫނޭގައި މިހާރު ޝޫޓިން ކުރިއަށްދާ ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" ގެ ހާއްސަ ފެނިލުމެއްގައި ތަމަޅަ ސުޕަސްޓާރު ވިޖޭ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާ ފިލްމުގެ ކެމިއޯ ހުށަހެޅުމާ އެކު ވިޖޭ އެކަން ވަގުތުން ގަބޫލުކޮށްފައިވެ އެވެ. ވިޖޭ އަކީ އެޓްލީ އެންމެ ފަހުން ގެނެސްދިން ފިލްމު 2019 ގެ "ބިޖިލް" ގެ ބަތަލެވެ.
ޝާހްރުކާ އެކު "ޖަވާން" ގެ ބަތަލާގެ ރޯލު ކުޅެނީ "ބިޖިލް" ގެ ބަތަލާ ނަޔަންތަރާ އެވެ. މީގެ ކާސްޓްގައި ޕްރިޔަމަނީ، ރާނާދަގޫބަތީ، ސާނިއާ މަލްއުތުރާ އަދި ސުނިލް ގްރޯވާ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އިޝްތިހާރުތަކުން ބޮޑު އާމްދަނީއެއް ވިރާޓާއި ދީޕިކާ އަށް
ވަރުންގެ "ބޭބީ ޖޯން"ގައި ސަލްމާން؟
"ބޯޑާ 2"ގައި ސަނީއާ އެކު ވަރުން
"ކަލްކީ" އަށް ރިކޯޑް އަމްދަނީއެއް ލިބިއްޖެ
ދީޕިކާ ޕްރޮޑިއުސްކުރާ ދެވަނަ ފިލްމުގެ މަސައްކަތް ފަށަނީ
އާޔޫޝް ފުރަތަމަ ބެކް ޑާންސަރެއްގެ ގޮތުގައި
ސޫރަޖްގެ ފިލްމަކަށް ސަލްމާން ހުރީ ތައްޔާރަށް
ރަޖީވް އެނބުރި އަންނަ ފިލްމުގައި ސަލްމާން