04 ޑިސެމްބަރ 2021
ސަނީ ޑިއޯލްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލްގެ ޝޫޓިން ފަށައިފި އެވެ.
ސަނީ ޑިއޯލްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލްގެ ޝޫޓިން ފަށައިފި އެވެ.
އޮކްޓޯބަރު މަހުގެ ތެރޭގައި އިއުލާންކުރި ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ބަތަލާ އަމީޝާ ޕަޓޭލްގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓް ކޮށްފައިވެ އެވެ. ސަނީ އާއި އަމީޝާ "ގަދަރު 2" ގައި ކުޅޭނީ އެ މީހުން ކުޅުނު ކެރެކްޓާތަކާ އެކު ހަމަ އެ ލުކްގަ އެވެ. އަނިލް ޝަރުމާ ޑައިރެކްޓްކޮށް 2001 ގައި ގެނެސްދިން ފިލްމުގައި ސަނީ ކުޅުނީ ތާރާ ސިންގް ކިޔާ އިންޑިއާ މީހެއްގެ ރޯލެވެ. އަމީޝާ ކުޅުނު ސަކީނާ އަކީ ޕާކިސްތާން މީހެކެވެ.
"ގަދަރު" ގައި ކިޔައިދީފައި ވަނީ އިންޑިއާ އަށް 1947 ގައި މިނިވަންކަން ލިބުނު ދުވަސްވަރު، ދެ ގައުމަށް ނިސްބަތްވާ ދެ މީހެއްގެ އަސަރު ގަދަ ލޯބީގެ ވާހަކައެކެވެ. މި ފިލްމުގައި ސަނީ އާއި އަމީޝާގެ ދަރިފުޅު ޗަރަންޖީތުގެ ރޯލު ކުޅުނު އުތުކާޝް ޝަރުމާ "ގަދަރު 2" ގެ ބޮޑު ރޯލެއް ކުޅޭނެ އެވެ.
މިހާރު އުމުރުން 27 އަހަރުގެ އުތުކާޝް އަކީ ޑައިރެކްޓަރު އަނިލްގެ ދަރިއެކެވެ. އޭނާ ލީޑިން އެކްޓަރެއްގެ ގޮތުގައި ބިލީވުޑަށް ނެރުނީ އަނިލް 2018 ގައި ގެނެސްދިން "ޖީނިއަސް" އިންނެވެ.
"ގަދަރު 2" ގެ މަސައްކަތް ކުރިއަށްދާ އިރު، ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ސީދާ ވަކި ތާރީހެއް ނުނިންމަ އެވެ. މި ފިލްމުގެ މަސައްކަތް ސަނީ ފެށި އިރު، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެމްބަރަކަށް 2019 ގައި ހޮވުނު އެކްޓަރަކީ ޑައިރެކްޓަރު އާރް ބަލްކީގެ އާ ފިލްމު "ޗުޕް" ގެ ވެސް އެންމެ މުހިއްމު އެކެކެވެ.
"ގަދަރު" ގެ ސީކްއެލްގެ އިތުރުން އަނިލްއާ އެކު ސަނީ، 65، ކުޅުނު 2007 ގެ "އަޕްނޭ" އަކީ ވެސް ދެވަނަ ބައެއް ހަދަން މިދިޔަ އަހަރު އިއުލާންކޮށްފައިވާ ފިލްމެކެވެ. އޭގެ ކާސްޓްގައި ކުރިއެކޭ އެއްގޮތަށް ސަނީގެ ބައްޕަ ދަރުމެންދުރާ އާއި ކޮއްކޮ ބޮބީ ޑިއޯލްގެ އިތުރުން ދަރިފުޅު ކަރަން ޑިއޯލް އާ ފިލްމުގައި ހިމެނޭނެ އެވެ.
ރަޖީވް އެނބުރި އަންނަ ފިލްމުގައި ސަލްމާން
ސަނީގެ ދަރިފުޅުގެ ދެވަނަ ފިލްމު އަންނަ މަހު
އަމީޝާ އެނބުރި އަންނަން ރަނގަޅު ފެށުމެއް
ސަނީގެ "ގަދަރު 2" އަންނަ އަހަރު
ސަނީގެ އާ ފިލްމު އޮތީ ކުރީގެ ތަރިއަކަށް ބިނާކޮށްފައި
އެތައް އަހަރެއް ފަހުން ސަނީ އާއި ޕޫޖާ އެކީގައި
ސަނީގެ ދަރިފުޅު ދެވަނަ ފިލްމުގެ މަސައްކަތުގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގައި މަޝްހޫރު ދެބެއިންގެ ޓީމުތައް
ދަރޭގެ "އަޕްނޭ 2" ގެ މިއުޒިކް ވެސް ހިމޭޝް އަށް