09 އޯގަސްޓް 2021
ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބައިސިކަލް ނުވަތަ އީބައިކް ނިޒާމެއް ވިލިމާލޭގައި ގާއިމްކޮށް ޓެސްޓުކުރުމުގެ ހިޔާލު މާލޭ ސިޓީ ކައުންސިލުން ހުށަަހަޅައިފި އެވެ.
ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބައިސިކަލް ނުވަތަ އީބައިކް ނިޒާމެއް ވިލިމާލޭގައި ގާއިމްކޮށް ޓެސްޓުކުރުމުގެ ހިޔާލު މާލޭ ސިޓީ ކައުންސިލުން ހުށަަހަޅައިފި އެވެ.
ރޭ ބޭއްވި ވިލިމާލޭގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިލިމާލެއަށް ރާވާފައިވާ ބައެއް މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދެއްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭ ސަރަހައްދުގައި އީބައިކް ނިޒާމެއްގެ ގާއިމްކުރުމުގެ ވިސްނުން ކައުންސިލުގައި އެބަ ހުއްޓެވެ. އީބައިކް ނިޒާމަކީ ދުނިޔޭގެ ކުރިއަރަމުން އަންނަ ސިޓީތަކުގައި ވެސް ހުންނަ ހިދުމަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ކުރިއަށްގެންދަން ވިސްނާފައި އޮތް ކަމެއް އީބައިކް ނިޒާމު މާލޭ ސިޓީގައި ގާއިމް ކުރަން،" މުއިއްޒު ވިދާޅުވި އެވެ.
އީބައިކް ނިޒާމެއް މުޅި މާލޭގައި ގާއިމްކުރުމުގެ ކުރިން ޓެސްޓު ކުރުން އެންމެ ރަނގަޅީ ވިލިމާލޭގައި ކަމަށް ވާތީ ވިލިމާލޭގައި އެކަމުގެ ޕައިލެޓް ޕްރޮޖެކްޓެއް ރައްޔިތުން އެދޭ ނަމަ ހިންގަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިކަން ޓެސްޓުކުރަން އެންމެ ރަނގަޅު ތަނަކީ ވިލިމާލެ ކަމަށް ވާތީ އެކަހަލަ ޕައިލެޓް ޕްރޮޖެކްޓެއް ވިލިމާލޭގައި ގެންދިޔުމަކީ ތިބޭފުޅުން އެކަމަށް ތާއީދު ކުރައްވާ ނަމަ އަޅުގަނޑުމެން ކުރަން ވިސްނާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ކައުންސިލުން ރާވާ ކަންކަން ކުރެވޭނީ އެކަމަށް ރައްޔިތުން އެއްބަސްވާ ނަމަ ކަމަށެވެ.
މި ހިޔާލާ ދެކޮޅަށް ރޭގެ ބައްދަލުވުމުގައި އާންމުންގެ އެއްވެސް މީހަކު ވާހަކައެއް ނުދައްކަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި ބައެއް މީހުން އެއީ ރަނގަޅު ކަމެއްކަން ފާހަގަކޮށް ،އެކަމަށް މަރުހަބާ ކިޔެވެ.
އާންމު ތަންތަނުގައި ބަހައްޓާފައި ހުންނަ އީބައިކް ހާއްސަ އެޕްތައް ބޭނުންކޮށްގެން ނަގައިގެން އަމިއްލައަށް ދަތުރު ކުރެވޭނެ ގޮތްތައް ދުނިޔޭގެ ބޮޑެތި ގިނަ ސިޓީތަކުގައި ހުރެ އެވެ. އަދި އެފަދަ ނިޒާމުތައް ގާއިމްކުރާ ސިޓީތައް އަންނަނީ އިތުރުވަމުންނެވެ.
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯދައަށް ނިމޭނެ
މާލެތެރެއިން ކުނި ނެގުން ހަރުދަނާ ކުރަން އޮފީހެއް
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު
މަހަކު 2.5 މިލިއަން، އެކަމަކު ވެމްކޯ ޒިންމާ ނުނަގާ
ބުޅާ ޝެލްޓާ އާއި ވެޓް ކްލިނިކް ވިލިމާލޭގައި ހަދަނީ
ވިލިމާލެ ބީޗް، ޕިކްނިކް ސަރަހައްދަކަށް ބަދަލުކުރަނީ
ކަނބާއައިސަރަނިހިނގުމުގައި ވެސް އިންދީ އަނބުގަހެއް!
މާލެ-ވިލިމާލޭގެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަނީ
ކައުންސިލްގެ މަޝްރޫތައް ހުއްޓުވަނީ ސަރުކާރުން: މުއިއްޒު
ޕޯޓު އަޅާފައި ވެސް ގުޅީފަޅުން ގޯތި ދެވޭނެ: މުއިއްޒު